ޚަބަރު

މޫނުނިވާކޮށް ތިބި ދެ މީހަކު މާލޭގެ ގެއަކަށް ވަދެ ގޭގެ މީހުން ރަހީނުކޮށް  ތިން ލައްކަ ރުފިޔާ ފޭރިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ޚާއްސަ ހިނގާލުން / ފޮޓޯ: ފުލުހުންގެ ޚިދުމަތް

މޫނުނިވާކޮށް ތިބި ދެ މީހަކު މާލޭގެ ގެއަކަށް ވަދެ އެ ގޭގެ މީހުން ރަހީނުކޮށް ތިން ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލަ ރިޕޯޓްކުރީ ރޭ ކަމަށެވެ.

ފުލުހުން ބުނީ ރަހީނުކުރުމުގެ އަމަލު ހިންގީ ގަލޮޅުގެ ގެއެއްގައި ކަމަށާއި އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެކަމަކު އެނގިފައިވާ ގޮތުން އެކަން ކުރީ މޫނު ނިވާކޮށް ތިބި ދެ މީހުން ގޭގެ މީހުންނަށް ވަޅިން ބިރު ދައްކައިގެންނެވެ.

Ads by HDC