Thursday, 12 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާދޫގެއިން ހައްޔަރުކުރި ބިދޭސީއެއް ބަންދަށް 15 ދުވަސް

މާދޫގެއިން ހައްޔަރުކުރި  ބިދޭސީއެއް ބަންދަށް 15 ދުވަސް
ހ. މާދޫގޭގައި ރައްކާކޮށްފައިހުރި ގިނަ އަދަދެއްގެ ބަނގުރަލާ އެކު އިއްޔެ އަތުލައިގަތް ބޮޑު ނެޓްވޯކުގައި ހިމެނޭ ބިދޭސީ މީހާ އެމްޑީ ރަކިބް ހޮސެން(25އ.)ގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. އެ ބިދޭސީ މީހާއަކީ އިއްޔެ އެ މައްސަލައިގައި ހައްޔަރުކުރި ބަނގުލަދޭޝްގެ ތިން މީހުންގެ ތެރެއިން އެކަކެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެމްޑީ ރަކިބް ހޮސެން މިހާރު ވަނީ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އެ މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުންގެ ބަންދުގެ މައްސަލައަށްވީ ގޮތެއް ސާފެއް ނުވެއެވެ. ހ. މާދޫގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ފެނުނެވެ. މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން  މާލޭގެ އެކި ސަރަޙައްދުތަކަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ މައިގަނޑު ފަރާތްތައް ވަނީ ދެނެގަނެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.