ޖަލުތައް ބަލަހައްޓަން ކަރެކްޝަންސްއިން އޮފިސަރުން ހޯދަނީ
ޖަލުތައް ބަލަހައްޓަން ކަރެކްޝަންސްއިން އޮފިސަރުން ހޯދަން އިއުލާންކޮށްފިއެވެ.
ކަރެކްޝަންސްއިން މީހުން ހޯދަން އިއުލާންކުރީ ރޭންކް ތިނެއްގެ ޕްރިޒަން އޮފިސަރު ޓްރެއިނީގެ ވަޒީފާއަށެވެ.
އެގޮތުން އެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ލިޔެކިއުންތަކާ އެކު މި މަހުގެ 29ގެ ކުރިން ކަރެކްޝަންސްގެ މައި އެމްސީއެލް ޕޯޓަލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލެވޭނެކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ ސިއްހީ ގޮތުން ވަޒީފާ އަދާކުރެވޭނެ ފަދަ ދިވެހި ރައްޔިތަކަށް ވުމާއެކު ގްރޭޑް 10އެއް ނިންމާފައިވުން ހިމެނެއެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތަށް ސްޕަވައިޒަރެއްގެ އިރުޝާދުގެ ދަށުން ޖަލުތަކުގައި މަސައްކަތްކުރުން ހިމެނެއެވެ.
އެ މަގާމަށް މީހުން ހޮވުމުގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން.
- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.
އެ މަގާމު އަދާކުރާ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކާއެކު 11،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބޭނެއެވެ.
