ވަންވޭއާ އިދިކޮޅަށް 3 މީހުން އަރައިގެން ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި 3 މީހުން އަރުވައިގެން ވަންވޭއާ އިދިކޮޅަށް ދުއްވި މީހާ ހައްޔަރުކޮށްފިިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އޮކްޓޫބަރު 7ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ / ލ.މާމެންދޫ، މުޙައްމަދު ސައިފް (27އ)، ފަރުވާއަށް ފަހު ދޫކޮށްލުމުން، 2026 އޮކްޓޫބަރު 12ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
