ބޯކޮށް ވާރޭވެހި، ރަސްދޫ ގެއެއްގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން އެހީ ފޯރުކޮށްފީދި
އއ. ރަސްދޫއަށް މިއަދު ބޯކޮށް ވާރޭވެހި، އެ ރަށުގެ ގެއެއްގައި ފެންބޮޑުވުމާ ގުޅިގެން ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ ރިޕޯޓް އިއްޔެ މެންދުރު 12:41 ހާއިރު ފުލުހުންނަށް ލިބުމާ އެކު، ފުލުހުން ވަނީ ވަގުތުން އެ ގެއަށް ގޮސް ފެން ހިންދުމުގެ މަސައްކަތްކޮށް، އެ ގޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ މިފަދަ ޙާލަތްތަކުގައި، ރައްޔަތިންގެ ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެ އިދާރާއިންދެއެވެ.
