ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ މީހަކު ފެނިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ މީހާ ގެއްލިގެން އެ ކަން ރޭ  22:06 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި އޭނާ ފެނިފައިވާ ކަމަށާއި ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހަކީ ޔައުގޫބު ޔޫސުފް ކިޔާ މީހެކެވެ.

Ads by HDC