ޚަބަރު

ކުޅުދުއްފުށީގެ އެކްސިޑެންޓްގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެެނެސްފިއެވެ.

ބާރު ސްޕީޑެއްގައި ބަލާ ނުލައި ދިޔަ ސައިކަލަކުން އެހެން ސައިކަލަކުން ޖެހި އެ އެކްސިޑެންޓްގައި ތިން ދިވެހީންނަށް އަނިޔާވިއެވެ. އޭގެ ތެރެއިން މި ވަގުތު ފަރުވާ ދެމުންދަނީ ދެ މީހަކަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި އަނިޔާވި 20އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މާލެ ގެެނެސްފައިވާ ކަމަށެވެ. އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެކަކީވެސް އޭނާއެވެ.

އޭނާގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު ސީޓީއެއްވެސް ފަހުން ހެދިއެވެ.

ދެން އެ ހާދިސާގައި ގެއްލުންވީ 32އަހަރުގެ އަންހެން މީހާއެވެ. އެކްސިޑެންޓްގައި އޭނާގެ ފަލަމަސްގަނޑާ ހިސާބުން ވަނީ ބިންދައިގެންގޮސްފައެވެ.

އެކްސިޑެންޓްގައި 17އަހަރުގެ ފިރިހެން ކުއްޖާއަށް ކުދިކުދި އަނިޔާ ފިޔަވައި މާބޮޑު ގެއްލުމެއް ނުވެއެވެ.

Ads by Ooredoo