ދޯނިގިއްލާގެ ފަޅުތެރޭގައި މެރިކަލްޗަރ ޕްރޮޖެކްޓްއެއް ހިންގާނެ ފަރާތެއް ހޯދަނީ
ގދ. ރަތަފަންދޫގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ދޯނިގިއްލާގެ ފަޅުތެރޭގައި މެރިކަލްޗަރ ޕްރޮޖެކްޓްއެއް ހިންގާނެ ފަރާތެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
ރަތަފަންދޫ ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މެރިކަލްޗަ ޕްރޮޖެކްޓްއެއް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަހުގެ 16ވަނަ ދުވަހުގެ ކުރިން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށްމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންނަ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 11:00އަށް އަންދާސީ ހިސާބު ހުށަހެޅޭނެ ކަމަށެވެ.
ރަތަފަންދޫ ކައުންސިލްއިން ބުނީ މެރިކަލްޗާ ޕްރޮޖެކްޓްއެއް ހިންގާނެ ފަރާތެއް އިއުލާންކުރީ އެފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ބައެއް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރުމުން ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތެއްދީ އެންމެ އެކަށީގެންވާ ހުށަހެޅުމަށް ހޯދުމަށް ކަމަށެވެ.
އަދި މެރިކަލްޗަރ ފާރމަށް ހުއްދަ ދިނުމުގައި ކައުންސިލުން އިސްކަންދޭނީ އެންމެ އެކަށީގެންވާ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށާއި، ދިގު މުއްދަތަކަށް މި މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެކަމަށް ވެސް ބުންޏެވެ.
އެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާއިރު ހުށަހަޅާއިރު
- މަސައްކަތުގެ ކުލީގެ ގޮތުގައި ކައުންސިލަށް މަހުން މަހަށް ދެއްކުމަށް ހުށަހަޅާ އަގު (ކައުންސިލްއިން ފާސްކޮށްފައިވާ އެންމެ ކުޑައަގު 0.25ރުފިޔާ އަށްވުރެން ކުޑަ ނުވާނޭގޮތަށް ހުށަހަޅާ އަގު)ހުށަހަޅަން ޖެހޭ
- ފަޅުތެރޭގައި މި މަސައްކަތް ކުރުމަށް އެދޭ މުއްދަތު ބަޔާންކުރަން ޖެހޭނެ
