ފަރެސްމާތޮޑާ އެއަރޕޯޓަށް މުވައްޒަފުން ހޯދަނީ
ފަރެސްމާތޮޑާ އެއަރޕޯޓުގައި މޯލްޑިވިއަންއިން ހިންގަމުން ގެންދާ ފަރެސްމާތޮޑާ އެއާޕޯޓުގެ ގިނަ މަގާމުތަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޗެކް-އިން ކުރުމާއި، ރޭމްޕް އަދި ބެގޭޖް ހެންޑްލިންގގެ އިތުރުން ލޯޑް ކޮންޓްރޯލް ކުރުމާއި، އެއާޕޯޓް ޓިކެޓިން އަދި ފްލައިޓްތައް އައުމާއި ފުރުމުގެ ކަންކަން ކޯޑިނޭޓްކުރުން ހިމެނޭ ކަމަށެވެ.
މި މަޤާމުތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި ޖީސީއީ އޯލެވެލް އިމްތިޙާނުން އިނގިރޭސި އަދި ހިސާބު ހިމެނޭހެން މަދުވެގެން 3 މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުމާއި ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާ އެކު މުއާމަލާތްކުރަން އެނގުން ހިމެނެއެވެ.
މި ވަޒީފާއަށް ހޮވޭ ފަރާތަކަށް ކުންފުނީގެ އުސޫލުގެ ތެރެއިން މުވައްޒަފާއި އާއިލާއަށް ހެލްތް އިންޝުއަރެންސް، އެއަރލައިންގެ ޓިކެޓުން ޑިސްކައުންޓް، ކަނޑައެޅިފައިވާ އިންސްޓިޓިއުޝަންތަކުން ކްރެޑިޓް ފެސިލިޓީގެ އިތުރުން ހޮވާލެވިފައިވާ ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭނެއެވެ.
