އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ ޑީޕޯޓު ކޮށްލައިފި
 
                                                    މަސްތުގެ ހާލުގައި ހުރެ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ ޑީޕޯޓު ކޮށްލަައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަސްތުގެ ހާލަތުގައި ހުރެ އިސްލާމްދީނަަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓު ކޮށްލައިފި ކަމަށެވެ.
އޭނާ ރާއްޖެއިން ފޮނުވާލާފައި ވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމަހުގެ ދެވަނަ ދުވަހުގެ ރޭ މަސްތުގެ ހާލުގައި ހުރެ މާތް ﷲ އަށާއި އިސްލާމްދީނަށް އިންޑިއާ ޑޮކްޓަރެއް ވަނީ މާލޭ މަގުމަތީގައި ފުރައްސާރަ ކޮށްފައެވެ.
އެރޭ އޭނާ ހައްޔަރު ކުރުމަށްފަހު އޭގެ އަނެއް ދުވަހު ވަނީ ދޫކޮށްލާފައެވެ. ފުލުހުން އޭނާ ދޫކޮށްލުމުގެ ސަބަބުން ދީނީ ޢިލްމުވެރިންނާއި އެތައް ރައްޔިތުންނެއް ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ.
އެޑޮކްޓަރު ފަހުން ވަނީ އެކަަމަށްޓަކައި ވީޑިއޯއެއް މެދުވެރިކޮށް މާފަށް އެދިފައެވެ.
 
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
