ވިޔަފާރި

ކުކުޅު ފިހާރައިގެ ޕްރޮމޯޝަންގެ މިހަފްތާގެ "ފްރޯޒަން ޕެކް" ޒަހީނާ އަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

"ކުކުޅު ފިހާރައިން" ކޮންމެ ހަފްތާއަކު ބާއްވާ "ފްރޯޒަން ޕެކް" ޕްރޮމޯޝަންގެ މިހަފްތާގެ ނަސީބުވެރިއަކަށް ޒަހީނާ ޒާހިރު ހޮވިއްޖެއެވެ.

ކޮންމެ ހަފްތާއަކު އެކަކަށް ފްރޯޒެން ޕެކެއް ލިބޭ ގޮތަށް އެފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

"ފްރޯޒަން ޕެކް" ޕްރޮމޯޝަނަކީ ފޭސްބުކް ގައި "ކުކުޅު ފިހާރައިން" ކުރިއަށް ގެންދާ ޕްރޮމޯޝަނެެކެވެ.

މި ޕްރޮމޯޝަންގައި ކުކުޅު ފިހާރައިގެ ޕޭޖްގެ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވުނީ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތެއް ހޮވުން އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގައެވެ.

ފިނި ކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވަނީ މީގެ ކުރިން ވެސް 14 ހަފްތާ ވަންދެން "ޝެއަ އެންޑް ވިން" ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން، ކުކުޅު ފިހާރައިގެ ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް އެ ފިހާރައިން ފޯރުކޮށްދެމުން ދެއެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

"ކުކުޅު ފިހާރަ"އިގެ ހަ ތަނެއް ހުރެ އެވެ. އެއީ:

▪︎ ކުކުޅު ފިހާރަ 1: ހުޅުމާލޭ ގައި
▪︎ ކުކުޅު ފިހާރަ 2: މާފަންނު އޭއެމްޑީސީ ސަރަހައްދުގައި
▪︎ ކުކުޅު ފިހާރަ 3: ހެންވާރު ކަލާފާނު ހިނގުމުގައި
▪︎ ކުކުޅު ފިހާރަ 4: އއ. ތޮއްޑޫގައި
▪︎ ކުކުޅު ފިހާރަ 5: އައްޑޫ ސިޓީ ހިތަދޫ ގައި، އަދި
▪︎ ކުކުޅު ފިހާރަ 6: ރ. މަޑުއްވަރީ ގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!