Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މި އަހަރުގެ މިހައިތަނަށް، ބައިމިލިއަނަށްވުރެ ގިނަ ފަތުރުވެރިން!

މި އަހަރުގެ މިހައިތަނަށް، ބައިމިލިއަނަށްވުރެ ގިނަ ފަތުރުވެރިން!

މި ހިނގާ 2023 ވަނަ އަހަރުގައި، ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ބައިމިލިއަނަށްވުރެ އިތުރުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރައްވައިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 555،537 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިއީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ 457،005 ފަތުރުވެރިންނަށްވުރެ 21.6 އިންސައްތަ މަތީ އަދަދެކެވެ.

މިނިސްޓްރީގެ ތަފާާސް ހިސާބުތައް ދައްކާގޮތުން މިއަަރުގެ ޖެނުއަރީމަހު ރާއްޖެއަށް 172،499 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

Advertisement
Allied — Dhen Online (box)

އަދި ފެބްރުއަރީމަހު 177،915 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މާޗުމަހުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 173،514 ފަތުރުވެރިންނެވެ. މީގެ އިތުރުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހާ ހަމައަށް 31،609 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ރަޝިއާ އިން، މިހައިތަނަށް 68،102 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ލިސްޓުގެ ދެވަނާގައިވާ އިންޑިއާއިން ރާއްޖެއަށް 58،859 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. ތިންވަނާގައި އޮތް އިނގިރޭސިވިލާތުން 55،093 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ޤަމުތަކުގެ ލިސްޓުގައި ދެން ހިމެނޭ ޤައުމުތަކަކީ، އިޓަލީ، ޖާރމަނީ، އެމެރިކާ، ފްރާންސް، ޗައިނާ، ސުވިޒަލޭންޑް އަދި އޮސްޓްރޭލިއާއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް