ދީން

ބުޅަލަކީ ނަޖިސް އެއްޗެއް ހެއްޔެވެ؟

ދެން އެމްވީ ، ދެން އޮންލައިން

ބުޅަލަކީ ނަޖިސް އެއްޗެއް ނޫނެވެ. ބުޅާ ކައިފައި ހުންނަ ކާބޯތަކެތި އަދި ބުޅާ ބޮއިފައި ހުންނަ ދިޔާތަކެއްޗަކީވެސް އެބުއިމުގެ ސަބަބުން އޭގެ ތާހިރުކަމަށް އެއްވެސް ބަދަލެއް އަންނަ އެއްޗެއް ނޫނެވެ.

Ads by MWSC

أن امرأة أرسلت بِهَرِيسَةٍ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا فَوَجَدَتْهَا تُصَلِّي فَأَشَارَتْ إِلَيَّ أَنْ ضَعِيهَا فَجَاءَتْ هِرَّةٌ فَأَكَلَتْ مِنْهَا فَلَمَّا انْصَرَفَتْ أَكَلَتْ مِنْ حَيْثُ أَكَلَتْ الْهِرَّةُ فَقَالَتْ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ((إِنَّهَا لَيْسَتْ بِنَجَسٍ إِنَّمَا هِيَ مِنْ الطَّوَّافِينَ عَلَيْكُمْ)) وَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ بِفَضْلِهَا. [سنن أبى داود ( 69 ) وصححه الألباني في “صحيح أبي داود” وغيره.]

އަންހެނަކު ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ހަރީސާ (ކާނާގެ ބާވަތެއް) ފޮނުއްވިއެވެ. އެހިނދު އޭނާއަށް ފެނުނީ ޢައިޝާ ރަޟިޔަﷲ ޢަންހާ ނަމާދު ކުރައްވަން ހުންނަވަނިކޮށެވެ. އޭތި އެތަނުގައި ބެހެއްޓެވުމަށް އެކަމަނާ އިޝާރަތް ކުރެއްވިއެވެ. ދެން ބުޅަލެއް އައިސް އެއިން ބައެއް ކައިފިއެވެ. ފަހެ، އެކަމަނާ ނަމާދުން އަވަދިވެވަޑައިގަތުމުން އެ ބުޅާ ކޭތަނުން އެކަމަނާ ފަރިއްކުޅުއްވިއެވެ. އަދި ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“ހަމަކަށަވަރުން އެއީ (ބުޅަލަކީ) ނަޖިސް އެއްޗެއް ނޫނެވެ. ތިޔަބައިމީހުންގެ ތެރެއަށް ވަދެ ނުކުމެ އުޅޭ އެއްޗެކެވެ.” އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ބުޅަލެއް ބޮއިފައި ބާކީ ހުރި ފެނުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫ ކުރައްވަނިކޮށް ތިމަންކަމަނާ ދުށީމެވެ.”

وفي رواية له ( 68 ) عَنْ كَبْشَةَ بِنْتِ كَعْبِ بْنِ مَالِكٍ وَكَانَتْ تَحْتَ ابْنِ أَبِي قَتَادَةَ أَنَّ أَبَا قَتَادَةَ دَخَلَ فَسَكَبَتْ لَهُ وَضُوءًا فَجَاءَتْ هِرَّةٌ فَشَرِبَتْ مِنْهُ فَأَصْغَى لَهَا الْإِنَاءَ حَتَّى شَرِبَتْ قَالَتْ كَبْشَةُ فَرَآنِي أَنْظُرُ إِلَيْهِ فَقَالَ أَتَعْجَبِينَ يَا ابْنَةَ أَخِي فَقُلْتُ نَعَمْ فَقَالَ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ((إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنْ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَات))

އަދިވެސް އަބޫދާއޫދުގެ އެހެން ރިވާޔަތެއްގައި ވެއެވެ.

[وصحح الروايتين : البخاري والدارقطني وغيرهما كما في ” التلخيص لابن حجر ” ( 1 / 15 ) .]

އިބްނު އަބީ ޤަތާދާގެ އަނބިކަނބަލުން ކަބްޝާ ބިންތު މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ ޤަތާދާ ވުޟޫކުރުމަށްޓަކައި އެކަމަނާ ކަންވާރަކަށް ފެން އަޅުއްވައިދެއްވިއެވެ. ދެން ބުޅަލެއް އައިސް އޭގެން ފެން ބޮއެފިއެވެ. އެ ބުޅަލަށް ފެން ބުއިން ފަހިކުރުމަށްޓަކައި އޭނާ އެ ކަންވާރު އަރިކޮށްލިއެވެ. ކަބްޝާ ވިދާޅުވިއެވެ. “އަހުރެން އޭނާއާ ދިމާލަށް ބަލަން ހުރިތަން ފެނިގެން އޭނާ ބުންޏެވެ. އޭ މަގޭ އަޚާގެ ދަރިފުޅާއެވެ! ތިބާ ޢަޖައިބުވީ ހެއްޔެވެ؟” އަހުރެން ބުނީމެވެ. “އާއެކެވެ.” އޭނާ ވިދާޅުވިއެވެ. “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ބުޅަލަކީ ނަޖިސް އެއްޗެއް ނޫނެވެ. އެއީ ތިޔަބައިމީހުންގެ ތެރެއަށް އަންހެން އަދި ފިރިހެން ޚާދިމުން ވަދެ ނުކުމެ އުޅޭ ފަދައިން ވަދެ ނުކުމެ އުޅޭ އެއްޗެކެވެ.”

ބުޅަލެއް ތައްޓަކުން ފެން ބޮއެފިނަމަ ނުވަތަ ކައިފިނަމަ އެ އެއްޗެއް ނަޖިހެއް ނުވާނެއެވެ. އަދި އެ ތަށީގެ ވެރި ފަރާތަކަށް އިޚްތިޔާރު ލިބިގެންވެއެވެ. ފަހެ އޭނާ ބޭނުންނަމަ ނުވަތަ އެ ކާބޯ ތަކެއްޗަށް އޭނާ ބޭނުންޖެހިފައިވާނަމަ އޭނާއަށް އެއިން ކެވިދާނެއެވެ. އެހެނަސް އެކަމުން އިސްތިޘްނާ ކުރެވޭ ޙާލަތަކީ އެއިން ހަށިގަނޑަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭ ޙާލަތެވެ.

އޭނާ އެއިން ކެއުމަށް ބޭނުންނުވާނަމަ އޭނާއަށް އެ ނުކައި ދޫކޮށްލެވިދާނެއެވެ.

އެއިން ގެއްލުން ލިބޭނެކަން ކަށަވަރުވެފައިވާނަމަ، މިސާލަކަށް އެބުޅަލަކީ ބަލި ބުޅަލެއް ނަމަ ނުވަތަ އޭގެ ސަބަބުން ބައްޔެއް ގަޔަށް އަރާފާނެކަމަށް ބިރުހީވެއްޖެނަމަ އެފަދަ ބުޅާ ގެންގުޅުމުގައި ރައްކާތެރިވާން ޖެހޭނެއެވެ. އަދި ކާބޯތަކެއްޗާ ގާތްވިޔަ ދީގެން ނުވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!