Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައިފި

ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމައިފި

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު އެންމެންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

“މިދިޔަ ބުރާސްފަތި ދުވަހު ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް ބާއްވާފައި ސަރުކާރުން ނިންމަވާފައި ވަނީ މި ޕްރޮގްރާމަށް ކޮލިފައިވީ ހުރިހާ ފަރާތްތަކަކަށް ގޯތި ދިނުމަށް ސަރުކާރުން ސިޔާސަތެއްގެ ގޮތުން ނިންމަވައިގެން ކުރިއަށްދާނީއޭ” އަސްލަމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެ ބައްދަލުވުމުގައި ދެއްކި ޕްރެޒެންޓޭޝަންގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ.

މާލެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. މީގެތެރެއިން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

އެއީ ހުޅުމާލެ ދެވަނަ ދިޔަވަހިން ދޫކުރާ 1000 ގޯތި އަދި ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. މާލެ ރައްޔިތުންނަށް ޚާއްސަކޮށް 3000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތުގައި 15،000 އަށްވުރެ ގިނަ ފޯމު ހުށައެޅިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް