ދުނިޔެ

ޗައިނާއިން ބައިޑަންއަށް މަރުޙަބާ ކިޔަން ބޭނުމެއް ނުވި!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންއަށް މަރުޙަބާ ދަންނަވަން އަދި އަވަސްކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

Ads by WAMCO

ޗައިނާއިން ބައިޑަންއަށް މަރުޙަބާ ނުކީ ސަބަބުން އޮޅުން ފިލުވަން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިންގ މިނިސްޓްރީ ސްޕޯސްކްޕާސަން ވޭންގް ވެބިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރިޔާސީ އިންތިޚާބު ބައިޑަން ކާމިޔާބު ކުރެއްވިކަން މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާކަން ޗައިނާއަށް އެނގޭ ކަމަށާއި ނަމަަވެސް ޗައިނާއިން މަރުޙަބާ ކިޔަން މަޑު ޖައްސާލާފައި ވަނީ އެމެރިކާގެ އިންތިޚާބާއި ގުޅޭ ގޮތުން އުފެދިފައިވާ އޮޅުންތައް ފިލަންދެން ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން، އިންތިޚާބު ކުރިޔަށް ދާނީ، އަދި ނަތީޖާ އިޢުލާން ކުރާނީ ޤާނޫނީ ހަމަތަކުގެ މަތިން ކަން. ޗައިނާއިން މަޑު މިކުރަނީ ރައީސަކު އިންތިޚާބުވިކަން އޮފިޝަލުން ހާމަ ކުރަންދެން." ވޭން ވިދާޅުވިއެވެ.

ވޭންގް މިފަދައިން ވިދާޅުވި ނަމަވެސް 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަންޕް ކާމިޔާބު ކުރެއްވިކަން މީޑިޔާތަކުން ހާމަ ކުރުމާއެކު، އެއަހަރު ޗައިނާއިން ޓްރަންޕަށް ވަނީ މަރުޙަބާ ކިޔާފައެވެ. 2016 ވަނަ އަހަރު ޓްރަންޕް އިންތިޚާބު ކާމިޔާބު ކުރިކަން، ވޯޓް ލީ ދުވަހު ނޫން އަނެއް ދުވަހު، މީޑިޔާތަކުން ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ އިތުރުން، ދުނިޔޭގެ އިތުރު ދެ ބާރު ކަމަށްވާ މެކްސިކޯ އަދި ރަޝިޔާއިން ވެސް ބައިޑަންއަށް މަރުޙަބާ ކިޔަންވަނީ ދެކޮޅު ހަދާފައެވެ. މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުންދަނީ ޗައިނާއިން ބައިޑަންއަށް މަރުޙަބާ ކިޔަން ދެކޮޅު ހަދާފައި ވަނީ، ޗައިނާއިން ޓްރަންޕް ވެރިކަމަށް ގެންނަން ބޭނުންވާތީއެވެ. ވެރިކަމުގައި ހުންނެވި ދުވަސްވަރު، ޓްރަންޕް ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!