ޚަބަރު

ވާދޫގައި ކަރަންޓުގައި ޖެހިގެން ބިދޭސީ މަސައްކަތްތެރިއެއް މަރުވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގދ ވާދޫގައި، ކަރަންޓުގައި ޖެހިގެން ބިދޭސީ މަސަައްކަތްތެރިއެއް މަރުވެއްޖެއެވެ.

Ads by STELCO

ގދ ވާދޫގެ ކައުންސިލުގެ ރައީސް ކަމުގައިވާ މުޙައްމަދު ވަހީދު "ދެން"އާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ނިޔާވެފައި ވަނީ އުމުރުން 33 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި މި މީހާ ހޮސްޕިޓަލަށް މިއަދު މެންދުރު ގާތްގަނޑަކަށް 15:00 ހާއިރު ގެންދެވިފައިވާއިރު، މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ،

މިހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބު ބުނެދޭން ނޭނގުނު ނަމަވެސް، މަރުވި ބިދޭސީ މީހާއާ އެއްކޮށް މަސައްކަތުގައި އުޅުނު އެހެން މީހުން ބުނާ ގޮތުގައި، އެމީހާ މަރުވެފައި ވަނީ ސްޓޭންޑެއްގައި ހަރުކޮށްފައި ހުރި މާކަރީ ލައިޓެއް އެހެން ފަރާތަކަށް އަނބުރާލަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން ކަމަށެވެ.

މިހާދިސާގައި މަރުވި ބިދޭސީ މީހާގެ އިތުރުން އަދި އެހެން ބިދޭސީއަކަށް ވެސް ކަރަންޓު ޖެހުނު ނަމަވެސް، މާބޮޑު އަނިޔާ ތަކެއް އޭނާއަށް ނުލިބޭ ކަމަށް ވެސް ގދ ވާދޫގެ ކައުންސިލުގެ ރައީސް، މުޙައްމަދު ވަހީދު ވަނީ "ދެން" އާއި ހިއްސާ ކޮށްފައެވެ،

މިކަމާ ގުޅިގެން ފުލުހުން އަންނަނީ މިހާރު ހަރަކާތްތެރި ވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!