ޚަބަރު

ގާސިމް މަރާލި ކަމަށް އިއުތިރާފުވި ޒުވާނާގެ ވަނަވަރު އާންމުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވި ޒުވާނާގެ ވަނަވަރު އާންމުވެއްޖެއެވެ.

Ads by Sosun Fihaara

އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގައި ހުޅުމާލޭގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ގާސިމް މަރާލި ކަމަށް އިއުތިރާފުވީ މީހަކީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދެވެ. އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރުނީ މިދިޔަ ހުކުރު ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ މީހަކަށް ވަޅިން ހަމަލާ ދިން ކަމަށް ބަންދާ މެދު ގޮތެއް ނިންމި މަޖިލީހުގައި އިއުތިރާފުވެ، ކަން ހިނގި ގޮތް ކިޔައިދީފައިވުމާއެކު އަނިޔާ ލިބިފައިވާ މީހާ މަރުވެފައިވުމާއެކު ކަމުގެ ބާވަތުން ބަންދުން ދޫކޮށްލައިފިނަ މުޖުތަމައުގެ ސަލާމަތާއި އަމަން އަމާން ކަމަށް ބުރޫއަރާފާނެތީ އޭނާގެ ބަންދުގެ މުއްދަތު ޖަހާ ކަމަށެވެ.

ގާސިމް މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާ އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައެވެ.

ޕޮލިސް ކޮމިޝަނަރު މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމްގެ ގާތިލު އެވަގުތު ލައިގެން ހުރި އަންނައުނު ގާސިމް މަރާލި ސަރަހައްދުގައި ފޮރުވާފައި ހުއްޓައި ހޯދާފައިވާ ކަމަށާއި އިތުރު ހެކި ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ގާސިމްގެ ގާތިލުކަން ކަށަވަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެ މީހާ، ގާސިމް މަރާލި ކަމަށް އިއުތިރާފުވެ، ތަހުގީގު ކުރިއަށްގެންދިއުމަށް އެއްބާރުލުން ދެމުންދާ ކަމަށާއި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!