Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބެންދެން ދިވެހީން ތިބީ އެ ޤައުމާއިއެކު: ޝަހީމް

ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބެންދެން ދިވެހީން ތިބީ އެ ޤައުމާއިއެކު: ޝަހީމް

ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބެންދެން، ދިވެހީން ތިބޭނީ އެ ޤައުމާއި އެކުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އަރަބި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބުމާއި، އެ ގައުމުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަށް ދައްކައި އަލް އަގްސާ މިސްކިތް ދިފާއުކުރުމަކީ ވޭދުވެދިޔަ 70 އަހަރު ރާއްޖެއާއި ދިވެހީންގެ ސިޔާސާތުކަމަށެވެ.

" އެ ގައުމުގެ މިނިވަންވުމާ ހަމައަށް ދިވެހިން ވާނީ ފަލަސްތީނާއެކު." ޝަހީމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ޝަހީމް ވަނީ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 4،137 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ހާހަކަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް