ދުނިޔެ

ބައިޑަންގެ ނައިބު ރައީސް ކަމުގައި26 ހާހަށްވުރެ ގިނަ ބޮން މުސްލިމް ޤައުމަތަކަށް އަޅާފައިވޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަންޕަކީ ފާޅުގައި މުސްލިމުންނަށް ހަޖޫ ޖަހާ މުސްލިމުން ނިކަމެތި ކުރަމުން އަންނަ ވެރިއެކެވެ. މިއާއެކު، ޓްރަންޕްގެ ބަލި މުސްލިމުންނަށް ވެގެން ދިޔައީ ލިބުނު ބޮޑު ކާމިޔާބީ އަކަށެވެ. ނަމަވެސް ޓްރަންޕް ބަލިވުމުން ލިބުނު ކާމިޔާބީ ފާހަގަ ކުރެވޭކަށް އަދި ނެތެވެ. އެއީ އެމެރިކާގެ އިންތިޚާބީ ރައީސް ޖޮ ބައިޑަންއަކީ މުސްލިމުންނަށް މާކަ ރަނގަޅު މީހެއް ނޫނެވެ.

Ads by WAMCO

އިންތިޚާބީ ރައީސް ބައިޑަންގެ ކެންޕެއިންގައި މުސްލިމުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައި ވީނަމަވެސް، ތާރީޚަށް ބަލާލާއިރު، ބައިޑަން ފާހަގަ ކުރެވިފައިވަނީ މުސްލިމުންގެ ދުޝްމަނެއްގެ ގޮތުގައެވެ.

މިގޮތުން 2009 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ނައިބު ރައީސްގެ މަޤާމު 4 އަހަރުގެ ދެ ދައުރުގައި ބައިޑަން ފުރުއްވިއިރު، މުސްލިމުންގެ ދިފާޢުގައި ބައިޑަން އަޑު އުފުލާފައެއް ނުވެއެވެ.

އޮބާމާ-ބައިޑަންގެ ވެރިކަމުގެ އެއްއަހަރަށް ބަލާލާއިރު، 2016 ވަނަ އަހަރު އެކަނި މުސްލިމު މެޖޯރިޓީ އޮންނަ ޤައުމުތަކަށް އެމެރިކާއިން ވަނީ 26،171 ބޮން އަޅާފައެވެ. މިއީ ކޮންމެ ދުވާލެއްގެ މައްޗަށް 3 ބޮމެވެ. އެމެރިކާއިން 2016 ވަނަ އަހަރު ބޮން އެޅި ޤައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ލީބިޔާ، ޔަމަން، އިރާޤް، ސޯމާލިޔާ އަދި ޕާކިސްތާން ހިމެނެއެވެ.

މީގެ އިތުރުން ބައިޑަން ފާހަގަވެފައި ވަނީ ފަލަސްތީނުގެ ބިން ފޭރިގެންފައިވާ އިސްރާޢީލްގެ ދިފާޢުގައި ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން، އިސްރާޢީލް ނެތްނަމަަ، އެމެރިކާއިން އިސްރާޢިލެއް އުފައްދަން ޖެހޭނެ ކަމަށާއި އިސްރާޢީލަށް ފަންޑް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބައިޑަން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!