Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖައްސަވައިފި

ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖައްސަވައިފި

މިއަދުން ފެށިގެން، ސަރުކާރުގެ މުއައްސަސާތަކުގައި، ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސް ޑރ. މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް އަލިއަޅުއްވާލައްވާފައިވާއިރު، ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.

އެމަނިކުފާނު ރައްޔިތުންނަށް ދެއްވި ތަޤްރީރުގައި ވިދާޅުވީ، އެ ދިދަ އަޅުގަނޑުމެން ކޮންމެ ރައްޔިތަކާއި މުޚާތަބުކުރާކަމަށާއި، އެއީ މިނިވަންކަމުގެ ދިދަކަމަށެވެ. އަދި އެކަން ދައްކައިދިނުމަށްޓަކައި އެ ދިދަ ހުންނަނީ ފިންޏާއި، ހޫނާއި، އަތްވާއި އަދި ވާރޭގައި އެ ދިދަ ވިހުރޭ ކަމަށާއި އެކަމުން ބުނެދެނީ މިނިވަންކަމުގައި ކުރަންޖެހޭ ހިތްވަރާއި ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށެވެ.

Advertisement
Ooredoo — Square (box)

https://dhen.mv/204473

"އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ ވަކި މިންތަކަކުން ވަކި އިންތަކެއްގައި، އެއިން އެނގެނީ މިނިވަންކަމުގައި މުޖްތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުޞޫލުތަކެއް ހުރުމާއި އެކުގައިކަން. ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި އިންތިޒާމްތަކެއްގެ މަތީގައި ބަޔަކު ތިބެގެންކަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން، އެ ދިދަ އަޅުގަނޑުމެން ދިވެހިންނަށް ހަނދާންކޮށްދެނީ ދިވެހި ޤައުމު ހަޤީޤީ ދިވެހި ޤައުމަކަށްވަނީ ދިވެހި މުޖްތަމަޢު ދިވެހިންގެ ހަޤީޤީ ސިފަތަކުން ގުޅިލާމެހި އެކުވެރިވެ، އެހީތެރިވެގެންކަމަށާއި، ރަނގަޅުކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދީގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Avec le <a href="https://ddec35.org/code-promo-1xbet.html">code promo 1xbet</a> votre inscription devient bien plus rewarding. Recevez un bonus de bienvenue de 100% sur votre premier dépôt, pouvant aller jusqu'à 15000 XOF. Cette injection de fonds immédiate est parfaite pour explorer les thousands de events sportifs proposés chaque jour ou pour tenter votre chance sur les derniers slots à la mode sans toucher à votre propre bankroll.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް