ޚަބަރު

އިމްރާންގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ފަހަތުގައި އޮތީ ސަލަފު ޖަމްއިއްޔާ: ދޮންބިލެތް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ސަލަފު ޖަމްއިއްޔާ އަޑީގައި އޮވެގެން ކަމަށް ބިލެތްދޭ ދާއިރާގެ މެންބަރު އަހުމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބަހުސް ކުރައްވަމުން ދޮންބިލެތް ވިދާޅުވީ މި މައްސަލަ ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ދީނީ ގޮތުން ހަރުކަށި ފިކުރު މީހުން ހުއްޓުވާ އެމީހުންނާ ދެކޮޅަށް މިނިސްޓަރު އިމްރާން ކުރަމުން އަންނަ ކަންކަން ހުއްޓުވުން ކަމަށެވެ.

މީގެ އިތުރުން ވެސް އޭނާގެ ވާހަކައިގައި ވަނީ ސަލަފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ އިތުރަށް ވިދާޅުވީ ސަލަފު ޖަމްއިއްޔާ މިހާރު ބޮޑަށް ފާހަގަވެފައި އޮންނަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

އަދި ސަލަފް ވަރަށް ބޮޑަށް ސިޔާސީވެފައިވާ ކަން ފާހަގަކޮށް ދޮންބިލެތް ވިދާޅުވީ މިހާރު އެންމެ ރަނގަޅުގޮތަކީ އެ ޖަމްއިއްޔާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!