ޚަބަރު ރައްޔިތުންގެ މަޖިލިސް

ރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އަޒްޙަރުން އައި މުދިމަކަށް 30 އަހަރުގެ ވެރިކަން ދީގެން އުޅުން: ދޮންބިލެތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ މުދިމަކަށް 30 އަހަރުގެ ވެރިކަން ދީގެން އުޅުން ކަމުގައި ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް އަހުމަދު) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހަލީމް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް އިޝާރަތް ކުރައްވާފައެވެ.

ޓުއަރިޒަމްގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ ބިލަށް ތާއިދުކުރައްވާ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، ޓުއަރިޒަމްގެ ލޭންޑް ރެންޓަކީ އެމްޑީޕީގެ ސަރުކާރަކުން ހުށައަޅައިގެން ޤާނޫނަށް ބަދަލު ކޮށްގެން ނަގަން ފެށި ރެންޓެއް ކަމަށާއި މީގެ ކުރިން އޮންނަނީ ބެޑް ރެންޓް ކިޔާ ނިޒާމެއް ކަމަށެވެ.

"ބެޑް ރެންޓަކީ ފަނަރަ ސަތޭކައެއްހާ ޑޮލަރު އަހަރަކު އެނދަކަށް ދޭގޮތަށް އޮންނަ ނިޒާމެއް. އެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ އޭރުގެ ރިސޯޓު އޯނަރު ބުނަމުން ދިޔައީ ފަނަރަ ސަތޭކަ ޑޮލަރު ދައްކައިގެން ވެސް ދެކޮޅު ނުޖެހޭ ކަމަށް. އެހެންވީމާ އޭރުގެ ރައީސް މައުމޫނުގެ ކޮށި ވިސްނުންފުޅަކަށެއް މި ޓުއަރިޒަމްގެ ފައިދާ ނަގާ މިންވަރު ވެސް އިހްސާސެއް ނުކުރެވޭ" ހަލީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!