ބަނގުރާ ވިއްކުމާ ގުޅޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން ޝިޔާން މާފަށް އެދިވަޑައިގެންފި

މީހުން ދިިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ގޮވާލާ ދެއްކި ވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން މާފަށް އެދިވަޑައިގެންފިއެވެ.
މިކަމާ ގުޅިގެން ޝިޔާން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީހުން ދިރިއުޅޭ ރަށް ރަށުގައި ބަނގުރާ ވިއްކުމާ އޭނާ ވެސް ދެކޮޅު ކަމަށާއި މީޑިއާއިން އެ ވާހަކަ ރިޕޯޓުކޮށްފައި ވަނީ އޭނާ ދެއްކި ވާހަކަ މުޅިން އޮޅުވާލައިގެން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭނާ އެވާހަކަ ދެއްކެވީ އެއްވެސް ހާލެއްގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އަދި އެކަމާ އޭނާ ވެސް ދެކޮޅު ކަމަށް ވިދާޅުވިއެވެ.
ޝިޔާން ބަނގުރާ ވިއްކަން ޖެހޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި އާންމުންނާއި މަޝްހޫރު ދީނީ އިލްމުވެރިން ވެސް ހިމެނެއެވެ.
ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް އެފެސިލިޓީ ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އެމަނިކުފާނުގެ ސަރަޙައްދުގެ ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ފަޅު ތެރޭގައި ނުވަތަ ކަނޑެއްގައި ވިޔަސް އެޚިދުމަތް މީހުން ދިރިއުޅޭ ފަތުރުވެރިންނަށް ރަށުން ބޭރުގައި ބަނގުރާ ލިބޭނެ އިންތިޒާމު އޮންނަން ޖެހޭ ކަމަށް ޝިޔާން ވިދާޅުވިއެވެ.
ތަނެއްދޮރެއްނުދަންނަ ގަމާރުން މަޖުލީހުގަ ތިބީމަ ވާނީ ތިޔަހެން. ލަދުގަނޭ.