ޚަބަރު

ހެލްތު މިނިސްޓަރާ ބައްދަލުކޮށް ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތަކާއި އެތަނުން ފަރުވާ ހޯދުމަށް ދިމާވާ ދަތިތަކުގެ ވާހަކަތައް ތެލެސީމިއާ ކުދިން ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ހިއްސާ ކޮށްފިއެވެ.

Ads by Sosun Fihaara

ތެލެސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ މިއަދު ބައްދަލު ކުރައްވާ މިނިސްޓަރ ނަސީމް ވަނީ އެ ސެންޓަރަކީ ކުދިންނާއި ގާތް ރައްޓެހި ތަނެއްގެ އިހުސާސްކުރެވޭ ފަދަ ތަނަކަށް ހައްދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ހެލްތު މިނިސްޓްރީ އިން ހާމަ ކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތައް ހެލްތު މިނިސްޓަރު ނަސީމަށް ހިއްސާ ކޮށްފައިވާއިރު، އެކުދިންގެ ކަންބޮޑުވުންތައް މީސް މީޑިއާގައި ހިއްސާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވެއެވެ. އަދި އެ މައްސަލަތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ސިޔާސީ ބޭފުޅުންނަށް ވެސް ހިއްސާ ކޮށްފައިވާކަން އެނގިފައި ވެއެވެ.

ހެލްތު މިނިސްޓަރު ނަސީމް އެކުދިންނާ ބައްދަލު ކުރެއްވިއިރު ، ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ވެސް އެކުދިންގެ ޝަކުވާތަކާއި ހިދުމަތް ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ހިއްސާ ކޮށްފައިކަން އެނގިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!