ކުޅިވަރު

އަޝްފާޤް ވެލެންސިއާއަށް ސޮއިކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގައި މިހާތަނަށް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެެލެންސިޔާއަށް ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

މިރޭ 12 އަށް ރާއްޖޭގެ ޓްރާންސްޕާ ވިންޑޯ ބަންދުވާއިރު، ވެލެންސިޔާއަށް ސޮއި ކޮށްފައިވާކަން އަޝްފާޤް ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ޔަޤީން ކޮށްދީފައެވެ.

އުމުރުން މިހާރު 35 އަހަރުގެ ދަނގަޑޭ، ކްލަބް ކެރިޔާ ފަށާފައި ވަނީ ވެސް ވެލެންސިޔާއިންނެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް އަޝްފާޤް ވަނީ ވެލެންސިޔާއަށް ކުޅެފައެވެ. އެޓީމަށް އޭނާ ވަނީ 104 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭގެ ފަހުން 2006 ވަނަ އަހަރުން ފެށިގެން 2007 ނިއުރޭޑިއަންޓަށް ކުޅެފައިވާއިރު، އެންމެ ފަހުން އަޝްފާޤް ކުޅެފައި ވަނީ ގްރީން ސްޓްރީޓަށެވެ.

އަހަރު ޓީމް
2001–2005 ކްލަބް ވެލެންސިޔާ
2006–2007 ނިއުރޭޑިއަންޓް
2007–2008 ޑީޕީއެމްއެމް އެފްސީ/ބުރޫނާއީ
2008–2011 ވީބީ ސްޕޯޓްސް ކްލަބް
2012–2013 ނިއުރޭޑިއަންޓް
2014–2016 ޕީޑީއާރއެމް އެފްއޭ/މެލޭޝިއާ
2016 މާޒިޔާ
2017–2018 ނިއުރޭޑިއަންޓް
2018–2019 ޓީސީ ސްޕޯޓްސް ކްލަބް
2019– 2020 ކްލަބް ގްރީން ސްޓްރީޓްސް

އަޝްފާޤް މިހަފްތާގައި ވަނީ އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "އޭއެފްސީ ބްރެކެޓް ޗެލެންޖް" ކާމިޔާބު ވެސް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!