ޚަބަރު

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީން ރައީސް ބައްލަވާލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހައްދުންމަތީ ކައްދޫގައި ޤާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ކުރިޔަށްގެންދާ ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ބައްލަވާލައްވައިފިއެވެ.

Ads by Sosun Fihaara

ސިފައިންގެ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މި ތަމްރީންތަކަކީ ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ.

ދިވެހި ސިފައިންގެ އަސްކަރީ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ތަމްރީނުތައް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓަރ ބެޓްލް ކޯސް އަދި މާރކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައެވެ.

ރައީސް ހައްދުންމަތީގެ ދެ ރަށަށް ކުރައްވާ މި ޒިޔާރަތުގައި ސިފައިންގެ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަން ބައްލަވާލެއްވުމަށް ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!