ޚަބަރު

ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް : ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ 3 މަޝްރޫއެއް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކާމިޔާބު ވަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ތަކުލީފަކަށް ނުވެ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު މިހާރު ލިބިފައިވާކަމަށެވެ. އަދި ލ. ގަމު ހޮސްޕިޓަލްގައި އަލަށް ފަށާ ސީޓީ ސްކޭންގެ ޚިދުމަތަކީ، އެތަން ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވެނު މުހިންމު ޚިދުމަތެއް ކަމަށެވެ.

އަލަށް ފަށާ ހިދުމަތް ތަކުގެ އިތުރުން ގަމު ހޮސްޕިޓަލުގެ އައު އިމާރާތް ނިމި ޓާޝިއަރީ ފެންވަރަށް ހިދުމަތް ދޭން ފެށުމާއެކު، ހައްދުންމަތީގެ ސިއްހީ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!