ޚަބަރު

ނޫސްވެރިންގެ އެވޯޑް ހަފްލާ މާދަމާ ރޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނޫސްވެރިންނަށް އިނާމު ދިނުމުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފިިއެވެ.

Ads by Hajj Corporation

އެމްއެމްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ނޫސްވެރިކަމުގެ އިނާމު 2019 ކޮމިޓީ”ގެ މުގައްރިރު އަހުމަދު އަމީން މުހައްމަދު ވިދާޅުވީ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވާ ކަމަށާއި ޖަލްސާ ބާއްވާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އޮންނާނީ ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ވީޑިއޯ މެސެޖެއް ވެސް ގެނެސް ދިނުމަށް ހަމަޖެހިފައި ވެއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން އެ 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅައިފައިވެއެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ކެޓެގަރީތައް:

  • ތަޙްގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)ގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ސިޔާސީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ވިޔަފާރިއާއި އިގްތިސޯދު - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ވިޔަފާރި އާއި އިގްތިސޯދު - ބްރޯޑްކާސްޓިން ކެޓެގަރީ
  • ކުޅިވަރުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ފީޗާގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ފީޗާގެ ދާއިރާ - ބްރޯޑްކާސްޓިންގ ކެޓެގަރީ
  • ފޮޓޯ ޖާނަލިޒަމް - ޕްރިންޓް، އޮންލައިން ކެޓެގަރީ
  • ވީޑިއޯ ޖާނަލިޒަމް - ބްރޯޑްކާސްޓިން ކެޓެގަރީ
  • އެންމެ އުންމީދީ ނޫސްވެރިޔާ

ބައެއް ކެޓަގަރީތަކަށް ހުށަހަޅާފައިވާ ލިޔުންތަކަށް އެކަށީގެންވާ މާކްސް ލިބިފައިނުވާތީ، އެ ދާއިރާތަކަށް އެވޯޑް ނުދޭން ނިންމާފައިވާ ކަމަށާއި ބައެއް ދާއިރާތަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

Ads by HDC
  1. ަައަނާ

    އަމީނޫ….