ދުނިޔެ

ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ އައު އުސްމިން މިއަދު ހާމަ ކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ މައުންޓް  އެވަރެސްޓުގެ އުސްމިން މުރާޖާ ކުރަން އެ ފަރުބަދަ  ހުންނަ ގައުމު ކަމުގައިވާ ނޭޕާލުން ނިންމާފައި ވަނީ  މީގެ ދެ އަހަރު ކުރިންނެވެ.

Ads by WAMCO

އެ ފަރުބަދައިގެ އުސްމިން އެންމެ ފަހުން ބަލާފައި  ވަނީ އިންޑިއާގެ ސާވޭ ޑިޕާޓުމެންޓުން މީގެ 66  އަހަރު ކުރިން 1954 ވަނަ އަހަރުގައެވެ. އޭރު އެ  ފަރުބަދައިގެ އުސްމިނުގައި 8848މީޓަރު ހުއްޓެވެ. ނަމަވެސް، ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި، 2015 ވަނަ އަހަރު އެ ސަރަހައްދަށް  އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ފަރުބަދައިގެ  އުސްމިނަށް ބަދަލުތަކެއް އައިސްފައި ހުރެދާނެކަމަށް  މާހިރުން ލަފާ ދިނުމުން ނޭޕާލުގެ ސަރުކާރުން ވަނީ  އެކަން ބެލުމަަށް ނިންމާފައެވެ.

މިފަހަރު ނޭޕާލުގެ ސަރުކާރުން އެކަން ކުރަން  ނިންމާފައި ވަނީ ޗައިނާގެ އެހީއާ އެކުގައެވެ.މީގެ ދެ  އަހަރު ކުރިން ޗައިނާ ސަރުކާރުގެ އެހީއާއެކު މި  މަސައްކަތް ފަށާފައިވާއިރު، ފަރުބަދައިގެ އާ އުސްމިނާ ބެހޭ މައުލޫމާތު މިއަދު އާއްމުންނަށް ހާމަ  ކުރަން ވަނީ ނިންމާފައެވެ.

މިކަން ހާމަ ކުރާނީ ޗައިނާ އާއި ނޭޕާލުގެ ސަރުކާރުން އެކުގައި ބާއްވާ ރަސްމިއްޔާތެއްގެ ތެރެއިން ކަމަށާއި، ދެ ގައުމުން ވެސް އެއްބަސް  ވެފައިވަނީ މި މައުލޫމާތު އެކުގައި ހިއްސާ ކުރުމަށް  ކަމަށް ނޭޕާލުގެ ލޭންޑު މެނޭޖްމަންޓް މިނިސްޓްރީގެ  ސްޕޯކްސްޕާސަން ވަނީ މައުލޫމާތު ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!