ބޮލީވުޑް މުނިފޫހިފިލުވުން

ޖޯން ސީނާއަށް ވެސް ރަންވީރް ވަރަށް ކަމުދޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރަންވީރް ސިންގަކީ މުޅި ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަރިއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ދުނިޔޭގެ އެހެން ބޮޑެތި މަޝްހޫރު ފަންނާނުންނަށް ވެސް ރަންވީރް ކަމުގޮސް، އޭނާއަށް ސަޕޯޓު ކުރުން، ޚުދް ރަންވީރަށް ވެސް ވަނީ ހައިރާންކަން ލިބޭ ކަމަކަށެވެ.

Ads by STELCO

ދާދި ފަހުން މިވަނީ އެފަދަ ހާދިސާ އަކާއި ރަންވީރަށް ކުރިމަތިލާން ޖެހިފައެވެ. ޑަބްލިޔުޑަބްލިޔުއީ ގެ މަޝްހޫރު ރެސްލަރ ޖޯން ސީނާ، އޭނާގެ އިންސްޓަގްރާމް ގައި ރަންވީރްގެ ފޮޓޯއެއް ހިއްސާ ކުރުން ވެގެން ދިޔައީ އޭނާއަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަކަށެވެ.

އެފޮޓޯގެ ކެޕްޝަންގައި ޖީން ސީނާ އެއްވެސް އެއްޗެއް ލިޔެފައި ނެތް ނަމަވެސް، މުޅި ދުނިޔެއަށް މަޝްހޫރު އެފަދަ މީހަކު ރަންވީރަށް ތަރުހީބުދޭކަން އެނގުމުން، އެކަމާ އޭނާ ވެސް ވަރަށް އުފާވިއެވެ. އެކަމުގެ ސިއްރަކީ ޖޯން ސީނާގެ އެޕޯސްޓުގެ ސްކްރީންޝޮޓެއް ރަންވީރް އޭނާގެ އަމިއްލަ އެކައުންޓުގައި ހިއްސާ ކުރުމެވެ.

އެފޮޓޯ ރަންވީރް ހިއްސާ ކުރުމުން އޭނާއަށް ތައުރީފު ކޮށް އެތައް ބަޔަކު ކޮމެންޓު ކުރިއިރު، އެކްޓަރ އަދިި ރަންވީރްގެ ބެސްޓް ފްރެންޑް އަރްޖުން ކަޕޫރް ވަނީ އެކަމާ އޭނާއާ ސަމާސާ ގޮތަކަށް ދިމާ ވެސް ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މިއީ ރަންވީރްގެ ފޮޓޯއެއް ޖޯން ސީނާ ހިއްސާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ރަންވީރް ކުޅެފައިވާ "ގަލީ ބޯއި" ގެ "އަޕްނާ ޓައިމް އާޔެގާ" ލަވައިގެ ޝޮޓެއް ވެސް ސީނާ މީގެ ކުރިން ވަނީ އޭނާގެ އިންސްޓަގްރާމް ގައި ހިއްސާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!