ދުނިޔެ

މެރަޑޯނާގެ ފޮޓޯ އާޖެންޓީނާގެ ފައިސާގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ޑިއޭގޯ މެރަޑޯނާގެ ފޮޓޯ އެގައުމުގެ ފައިސާގެ އާ ނޫޓްތަކުގައި ޖަހަން އާޖެންޓީނާގެ ސެނެޓަރަކު ލަފާ ދީފިއެވެ.

Ads by Sosun Fihaara

މެރެޑޯނާ ދުނިޔެ ދޫކުރި އިރު އޭނާގެ އުމުރަކީ 60 އަހަރެވެ.ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެރެޑޯނާ މަރުވީ ހާރޓް އެޓޭކެއް ޖެހިގެންނެވެ. އަދި ހާރޓް އެޓޭކް ޖެހުނީ ސިކުނޑީގައިވާ ގަނޑު ލޭ ކޮޅެއް ނެގުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބުވެ ގޭގައި ހުއްޓައެވެ.

މެރަޑޯނާގެ ފުޓުބޯޅަ ހަޔާތުގައި މެރަޑޯނާ ވަނީ އާޖެންޓީނާއަށް 1986 ވަނަ އަހަރު ވޯލްޑްކަޕް ތަށި ހޯދައިދީފައެވެ. އަދި މެރަޑޯނާ ކުޅުނު ކުލަބުތަކުގެ ތެރޭގައި ބާސެލޯނާ އަށާއި ނެޕޯލީއަށް ކުޅެފައި ވެއެވެ. ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާގެ ނަން ވިދާލައެވެ.

މެރަޑޯނާގެ ފޮޓޯ އެގައުމުގެ ފައިސާގެ އާ ނޫޓްތަކުގައި ޖަހަން ނިންމާފައިވާއިރު ނޫޓުގެ އެއް ފަޅީގައި މެރަޑޯނާގެ މޫނުގެ ފޮޓޯއަކާއެކު އަނެއް ފަޅީގައި މެރަޑޯނާ ގޯލް ޖަހާތަން ފެންނަ ފޮޓޯއެއް ޖަހަން ވަނީ ހުށަހަޅައިފައެވެ. އެއީ 1986 ވަނަ އަހަރު މެރަޑޯނާ އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖެހުމަށް ފަހު ފެންނަ މަންޒަރެވެ.

Ads by Ooredoo
  1. މުހައްމަދު

    ދެން އަހަރު ތަކެއް ފަހުން މަރޭ އަށް އަޅުކަން ނުކޮށްފިއްޔާ ވެދާނެ.