ކުޅިވަރު

މެސީ ދިފާއު ކުރީ ވެސް ރޮނާލްޑޯ! ދެން ސަޕޯޓަރުން ތި ކުރަނީ ކޮން ޒުވާބެއް؟

އައިކާ ޔުނާން ، ދެން އޮންލައިން

ޗެމްޕިއަންސް  ލީގުގައި  ބާސެލޯނާ  އާއި  ޔުވެންޓަސް  ކުޅުނު  މެޗެއް  ފަހުގައި  މި  ދެ  ކުޅުންތެރިންގެ  ސަޕޯޓަރުންގެ  މެދުގައި  އަންނަނީ  ބޮޑެތި  ޒުވާބުތަކެއް  ހިނގަމުންނެވެ.  އެކަމަކު  އެއީ މުޅިން  ބޭކާރު  ކަމެކެވެ.

Ads by STELCO

3-0  ގެ  ނަތީޖާ  އަކުން  ޔުވެންޓަސް  މޮޅުވި  މެޗައް  ފަހުގައި  ނޫސްވެރިންނާ  ވާހަކަ  ދައްކަމުން  ރޮނާލްޑޯ  ބުނެފައި  ވަނީ  މެސީއާ  އެކު  އޮންނަނީ  އެކުވެރި  ގުޅުމެއް  ކަމަށާއި  އެއްވެސް  މައްސަލަ  އެއް  ނުޖެހޭ  ކަމަށެވެ.

"  މެސީއާއެކު  އަހަރެން  ކުޅޭތާ  މިވަނީ  14  ވަރަކަށް  އަަހަރުވެފަ.  މިހައި  ގިނަ  ދުވަސްވީ  އިރުވެސް  އަހަރެން  ނުދެކެން  އެއީ  ވާދަވެރިއެއްގެ  ގޮތުގައެއް.  މެސީ  އެދެނީ  އޭނާގެ  ކްލަބަށް  ކުރިއެރުން.  އަހަރެންވެސް  އަމިއްލަ  ކްލަބަށް  އެދެނީ  ހަމަ  އެގޮތް.  އަބަދުވެސް  އަހަރެމެންގެ  ގުޅުން  ދަނީ  އޮމާންކޮށް.  މެސީ  ކައިރީ  ސުވާލު  ކުރިއަސް  ބުނާނީ  މިހެންކަން  ޔަގީން"  މެޗުގައި  މެސީގެ  ކުޅުން  ދަށްކަމަށް  ދޭހަވާގޮތަށް  ނޫސްވެރިއަކު  ކުރި  ސުވާލަކަށް  ޖަވާބުދެމުން  ރޮނާލްޑޯ  ބުނެފައިވެއެވެ.

ރޮނާލްޑޯ  އިތުރަށް  ބުނީ  ސަޕޯޓަރުން  އެ  ދެކުޅުންތެރިންގެ  މެދުގައި  އާދަޔާ  ޚިލާފަށް  ވާދަވެރިކަން  އޮންނަ  ގޮތަށް  ވާހަކަ  ދައްކަނީ  ފޯރިގަދަކުރަން  ކަމަށް  ވެދާނެކަމަށެވެ.

ފޯރިގަދަކުރަން  އެވާހަކަ  ދެއްކުން  ރަނގަޅެވެ.  އެކަމަކު  ކޮފީ  މޭޒުތަކުގައި  މިވެނި  ކުޅުންތެރިޔަކު  މާ  މޮޅޭ  ކިޔައި،  ދެބަސްވެ  ޒުވާބުކޮށް  ގުޅުން  ކެނޑޭ  ހިސާބަށް  ރާއްޖޭގައި  ކަންކަން  އެބަދެއެވެ.  މިއީ  ތަފާތު  ސްޓައިލަކަށް  ކުޅޭ  ދެ  ކުޅުންތެރިން  ކަމުގައި  ވާއިރު،  މި  ދެ  ކުޅުންތެރިން  އަޅާ  ކިޔުމަކީ  ކުރެވޭނެވަރުގެ  ކަމެއް  ނޫންކަން  ވިސްނެން  އެބަޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!