މެސެންޖަރ، ފޭސްބުކް އަދި އިންސްޓަގްރާމް ޑައުންވެ، ބޭނުން ނުކުރެވޭ ގޮތް ވެއްޖެ!

މުޅި ދުނިޔޭގެ ވެސް ގިނަ ބަޔަކު ބޭނުން ކުރާ މީސް މީޑިއާ އެޕްލިކޭޝަންތަކެއް ކަމަށްވާ ފޭސްބުކް، މެސެންޖަރ އަދި އިންސްޓަގްރާމް ޑައުންވެ، ބޭނުން ނުކުރެވޭ ގޮތްވެއްޖެއެވެ.
ވެބްސައިޓް ޑައުންޑިޓެކްޓަރ އިން ބުނެފައިވާ ގޮތުގައި ފޭސްބުކް އާއި ގުޅިފައިވާ ހުރިހާ އެޕްލިކޭޝަންތަކެއް ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވެފައި ވަނީ މިއަދު ހަވީރުގެ ވަގުތަކުން ފެށިގެންނެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގައި ވެސް ބައެއް މީހުންނަށް އަންނަނީ މިއެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދަތިތަކަކާ ކުރިމަތިވަމުންނެވެ. އެގޮތުން ބައެއް މެސެޖުތައް ނުފޮނުވުމާއި، ނެޓްވޯކް ލިބޭތޯ މަސައްކަތް ކުރާކަމަށް އަރާފައިވާ ކަމަށް ބުނެ ލޮޑުވާން ވަރަށް ގިނައިރު ނަގަމުން އަންނަކަމަށް ވެސް ބުނެފައިވެއެވެ.
"ބައެއް މީހުންނަށް ފޭސްބުކް އާއި އިންސްޓަގްރާމް އަދި މެސެންޖާރ ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ. މިމައްސަލަތައް ވީއެންމެ އަވަހަކަށް ޙައްލު ކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން" ފޭސްބުކް ގެ ތަރުޖަމާނަކު މެއިލް އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މިތިން އެޕްލިކޭޝަންގެ ތެރެއިން އެންމެ ބޮޑަށް އިނގިރޭސިވިލާތާއި ޔޫރަޕުގައި މައްސަލަ ޖެހިފައި ވަނީ މެސެންޖާ އިން ކަމަށް ރިޕޯޓުތަކުން ބުނެފައި ވެއެވެ.