ޚަބަރު

ތިމާ ނޫން އެހެން މީހުންނާމެދު ވެސް ރަހުމެއް ބަހައްޓަބަލާށެވެ. ހެޔޮނުވާނެއެވެ!: ޢަލީ ރަމީޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ހިސާބުގަނޑަށް އުނދަގޫވާ ވަރަށް ބާރު ބާރަށް ލަވަ ނުޖެހުމަށް ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Hajj Corporation

ޢަލީ ރަމީޒްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ލިޔެފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މުޅި ހިސާބުގަނޑަށް އުނދަގޫވާ ވަރަށް ބާރު ބާރަށް ލަވަ ނުޖެހުމަށާއި އެކަމާ ގުޅިގެން އަވަށްޓެރިންގެ ޙައްޤުތައް ގެއްލިގެންދާ ކަމަށެވެ.

ބެލެވޭ ގޮތުގައި މި މެސެޖަކީ މިހާރު ބާއްވަމުން އަންނަ ޚިތާނީ ހަފްލާތަކުގައި ގޭގޭގައި އަޑުގަދަކޮށް ލަވަޖަހާ ޝޯވ ބާއްވަމުން ދިޔުމާ ގުޅިގެން އަލީ ރަމީޒު ދީފައިވާ މެސެޖެކެވެ.

އޭނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އަޑުގަދަކޮށް ލަވަ ޖެހުމުގެ ސަބަބުން އަވަށްޓެރިންގެ ޙައްޤުތައް ގެއްލިިގެންދާ ކަމަށާއި ބަލި މީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އެތައް ވޭނެއް ތަޙައްމަލު ކުރަން ޖެހޭ ކަމަށެވެ.

"ތިމާ ނޫން އެހެން މީހުންނާމެދު ރަހުމެއް ބަހައްޓަބަލާށެވެ. ހެޔޮ ނުވާނެއެވެ." ޢަލީ ރަމީޒު ވިދާޅުވެފައި ވެއެވެ.

ޢަލީ ރަމީޒަކީ ދިވެހި ރާއްޖޭގެ ކުރީގެ އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާއެވެ. ނަމަވެސް އޭނާ ވަނީ 2003 ވަނަ އަހަރުން ފެށިގެން ލަވަކިޔުން ހުއްޓާލާފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ބައެއް މީހުން އޭނާ އާއި މިޔުޒިކާ ގުޅުވާތީ، މިދިޔަ މަސް ތެރޭގައި ޢަލީ ރަމީޒު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

އެގޮތުން ޢަލީ ރަމީޒު ވިދާޅުވީ އޭނާ އަކީ މިހާރު މިޔުޒިކު ދެކެ އިންތިހާއަށް ނަފްރަތު ކުރާ މީހެއް ކަމަށާއި، އޭނާގެ މިޔުޒިކީ ޙަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިއްސާ ނުކުރުމަށެވެ. އަދި އެއީ އޭނާއަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance
  1. احمد

    الحمد الله

    • ތިޔައީ ތެދެއް.. އެކަމް މީހުން ހުއްޓާނެބާ ޖެހުން ތިބޭފުޅާގެ ލަވަތައް.. ފިލްމެއް ވެސް އަސްލު ބަލާނުލެވޭ… ތިބޭފުޅާ ގެ ލަވަތައް ގިނައީ… ކިހިނެއް ހަދާނީ.. ދެން ފިލްމުވެސް ނުބަލާނީ ދޯ… ):)