ޚަބަރު

ބޭންކުތަކަށް ދެން ފޮނުވާނީ ސަފީރުގެ ޓްވީޓުތައް، ފައިސާއެއް ނޫން: އެލެކްސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން 15 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ދޮގު ކުރެއްވުމުން އެކަމަށް ރައީސް ނަޝީދުގެ ނުރަސްމީ އައިޑީ ކަމަށް ބުނެވޭ "އެލެކްސް އަހްމަދު" ޓްވިޓާ އެކައުންޓުން ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

އެލެކްސް އައިޑީން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޗައިނާއަށް ދައްކަން ޖެހޭ ލާރިއެއް ނެތް ކަމަށް ސަފީރު ވިދާޅުވާނަމަ ޗައިނާގެ ބޭންކުތަކަށް ދައްކަން ޖެހޭ ލާރިއެއް ނެތް ކަމަށާއި އެކަމުގައި ދެކޮޅު ހަދާނެ ފުރުސަތެއް ވެސް ނެތް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ދެން ބޭންކު ތަކަށް ފޮނުވަންވީ ސަފީރުގެ ޓްވީޓުތައް،  ބޭންކްތަކުން ބުނާ ބުނުން ގޯސްކަން ހާމަކުރަން." ފައިސާ އަނބުރާ ދައްކަން ނުޖެހޭ ކަމަށް ސަފީރު ވިދާޅުވާނަމަ އެއީ ރަނގަޅު ކަމެއްކަން ފާހަގަކޮށް އެލެކްސް އައިޑީން ކުރި ޓްވީޓުގައި ވިދާޅުވިއެވެ.

ޗައިނާއަށް ރާއްޖެއިން ދައްކަން ޖެހޭ 15 މިލިއަން ޑޮލަރުގެ ލޯނުތައް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ދޮގުކުރައްވައި އެކަން ތަފްސީލު ކޮށްދެއްވަމުން ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަހަރު ބާކީ ދައްކަންޖެހޭ އަދަދަކީ 1.7 މިލިއަން ޑޮލަރު ކަމަށެވެ.

މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިން ޔުނިޓުތަކަށް ދައްކަން ޖެހޭ 2.3 މިލިއަން ޑޮލަރަކީ ޗައިނާގެ ބޭންކަށް ދައްކަން ޖެހޭ ފައިސާ ނޫން ކަމަށާއި އެއީ ތިންވަނަ ގައުމަކަށް ނިސްބަތްވާ ބޭންކަކަށް ދައްކަން ޖެހޭ ލޯނު ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސްޓެލްކޯ ޕްރޮޖެކްޓަށް އެންމެ އަވަހަށް ވެސް ފައިސާ ދައްކަން ޖެހެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ކަމަށް ވެސް ޗައިނާ ސަފީރު ޖާންގް ލިޖޯންގް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!