އެމްޑަބްލިޔުއެސްސީއަށް ކަޕްކޭކް އަޅައިދޭނެ ބަަޔަކު ހޯދަނީ

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ކަޕްކޭކު އަޅައި ތައްޔާރުކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
އެކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެކުންފުނީގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކުންފުންޏަށް ކަޕްކޭކު އަޅައިދޭނެ ބަޔަކު ބޭނުން ވާ ކަމަށެވެ.
އެކުންފުނިން ވަނީ ދޭ މައުލޫމާތާ އެއްގޮތަށް ކުންފުނީގެ ރިހިޔޫބީލް މުނާސަބަތަށް ކަޕްކޭކް ތައްޔާރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މަައުުލޫމާތު ސާފު ކުރުމަށް ފަހު އަގު ހުށަހަޅަން އެދިފައެވެ.
ކަޕްކޭކު އަޅަން ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އެކަނި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
ކަޕްކޭކް ބޮކްސް ތައްޔާރު ކުރުމާއި ކުންފުނިންދޭ މައުލޫމާތާ އެއްގޮތަށް ކަޕްކޭކް އަޅައިދިނުމަށް ބާއްވާ ބީލަމުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ މާދަމާ 11:00 ޖަހާއިރު އެވެ. އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު 11:00 ގައެވެ.