ޚަބަރު

އަނަސްގެ ދައުރު ހަމަވުމުން އެމްޑީޕީ އަށް އެސްޖީ އެއް ހޯދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެމްޑީޕީ ގެ ކުރީގެ އެސްޖީ އަނަސް/

ވެރިކަންކުރާ ޕާޓީ އެމްޑީޕީ ގެ ސެކްރަޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަނަސް ޢަބްދުއްސައްތާރު ގެ ދައުރު ހަމަވުމުން، އެމަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ޤާނޫނީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަނަސް އެމްޑީޕީގެ އެސްޖީ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވެސް އަނަސް ވަނީ ކުރިމަތި ލައްވާފައެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލަކު ހޯދަން ކުރި އިއުލާނުގައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ގޮތުގައި، މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލްކަން ހުރިކަން ސާބިތު ކޮށްދިނުމާއި ޔުނިވާސިޓީ ޑިގްރީއެއް ހާސިލް ކޮށްފައިވުން ހިމެނެއެވެ. އަދި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައިވުން ވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްޑީޕީގެ އެސްޖީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާއި ހަމައަށެވެ. މިމަގާމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެމްޑީޕީގެ އިދާރީ އޮފީސް، ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ އަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!