ޚަބަރު

“ ކްރިސްމަސް ފާހަގަކުރަން ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރުން”

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކްރިސްޓިއަނުން ފާހަގަ ކުރަމުން އަންނަ އީދެއް ކަމުގައިވާ ކްރިސްމަސް ފާހަގަކޮށް، އެކަމަށް ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރުން ފަދަ ކަމެއް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސޫރަތުލް އަޙްޒާބްގެ 36 ވަނަ އާޔަތާއި އެއާޔަތުގެ މާނަ ވެސް ހިމަނުއްވައި އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިސްމަސް ފާހަގަ ކުރުމަށް ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރާކަމުގެ ހެއްކެއް ކަމަށެވެ.

އަދި ތިމާ ބޭނުންވާކަމެއް ހާސިލް ކުރުމަށް ގާނޫނުތައް ހެދިޔަސް އިލާހީ ގާނޫނާ ފުށުއަރާ ގާނޫނުތަކަށް މުސްލިމުން އަމަލު ކުރަން ނުޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވާއިރު ކ.މާފުށީގައި ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން ބެހެއްޓި ކްރިސްމަސް ގަހެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ދުވަސްވަރަކީ އައު އަހަރު ފެށުމާ ދިމާކޮށް ކްރިސްމަސް ފަދަ މާތް ވެގެންވާ އިސްލާމްދީނާ ޚިލާފު ހަރަކާތްތައް ހިންގަމުން ދާ ދުވަސްވަރަކަށް ވެފައިވާއިރު، މިފަދަ ކަންކަމަކީ ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަންކަމެވެ. އެހެން ނަމަވެސް ޓޫރިސްޓުން އުޅޭ ރިސޯޓު ތަކުގައި މިފަދަ އެތައް ހަރަކާތް ތަކެއް އަންނަނީ ހިންގަމުންނެވެ.

  1. ޢަލީ

    ތިއީ އެކަންކަމަށް ތާއިދުކުރާ އިލްމުވެރިގެ ކާފަ…..