ދެވަނަ ޓާމުގައި ކިޔަވައިދޭނީ 4-5 ގަޑިއިރަށް
ކޮވިޑް-19 އާ ގުޅިގެން ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ.
އެސާކިއުލާ ގައި ބުނެފަައިވާ ގޮތުގައި ސްކޫލްތަކުގައި އޮންލައިންކޮށާއި، ސްކޫލަށް ގޮސްގެން ކިޔަވާ ދެނީ ދުވާލަކު 4-5 ގަޑިއިރަށް ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރުމާއި ގުޅިގެން ސްކޫލްތައް ބަންދު ކުރިއެވެ. އަދި ފަހުން ކިޔަވާ ދިނުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރިއެވެ. ރަށްރަށުގެ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދެމުން ދިޔައިރު، ފަހުން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި މަތީ ގްރޭޑްތަކަށް ވެސް ދިޔައީ ކިޔަވައިދެމުންނެވެ.
ކޮވިޑް-19 ފެތުރުމާ ގުޅިގެން މިއަހަރު ސްކޫލްތަކުގެ ކިޔެވުމުން ނިންމާލެވުނީ ފުރަތަމަ ޓާމު އެކަންޏެވެ.ދެވަނަ ޓާމްގެ ކިޔެވުން އަންނަ ޖެނުއަރީ މަހު 10 ވަނަ ދުވަހު ފަށާނެއެވެ. އަދި އެ ޓާމް ޖޫން 24 އަށް ނިމޭއިރު، ދެން ފަށާނީ ދިރާސީ އާ އަހަރެވެ.