ޒަމާނުއްސުރެ ރެދަން ލުމަށް މަޝްހޫރު ރ.ވާދޫގެ ގޮނޑުދޮށް ވެސް ރެދަނުން ދިއްލާލައިފި
ޒަމާނުއްސުރެ ރެދަންލުުމުގައި މަޝްހޫރު ރ.ވާދޫގެ ގޮނޑުދޮށްތައް ވެސް ރެދަނުން ދިއްލާލައިފިއެވެ.
ވާދޫއިން “ދެން” އަށް މައުލޫމާތު ދިން އެރަށުގެ ޒުވާނަކު ބުނީ ރޭގައި ވެސް އަދި އޭގެ ކުރީ ރޭގައި ވެސް ވާދޫގެ ގޮނޑުދޮށުގައި ގިނަ އަދަދަކަށް ރެދަން ލީ ކަމަށެވެ.
މި ދުވަސްވަރަކީ ވާދޫގައި އެންމެ ގިނައިން ރެދަން ލާ ދުވަސްވަރެވެ. ރެދަން ބެލުމަށްޓަކައި ކައިރި ރަށްރަށުންނާއި ރިސޯޓުތަކުން ވެސް މީގެ ކުރިންވެސް މީހުން އަންނަ ކަމަށް އެރަށުން “ދެން”އާ ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.
ރ.ވާދޫ އަކީ މީގެ އެތައް އަހަރެއް ކުރިން ވެސް ރެދަން ލުމުގައި މަޝްހޫރު ރަށެކެވެ. އެހެން ރަށަރަށަށްވުރެ އާދަޔާ ޚިލާފަށް އެ ރަށުގައި ގިނައިން ރެދަން ލައެވެ.
ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ވެސް މީގެ ކުރިން ވާދޫއަށް ވަނީ ލިބިފައެވެ. އަދި ވާދޫ މަޝްހޫރުވެފައި ވަނީ “ދި އައިލެންޑް ވިތް ސީ އޮފް ސްޓާރސް”ގެ ނަމުގައެވެ.
ވާދޫގެ ރީތި ހިތްގައިމު ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރާ ޕޭޖެއް ކަމުގައިވާ “ވާދޫ” ޓުއާސް އިން ވަނީ ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލާލައިފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.
މި ދުވަސްވަރު ގިނަ ބަޔަކު ހުޅުމާލޭގައި ރެދަން ލައިފައިވާ މަންޒަރު ބެލުމަށް ހުޅުމާލެއަށް ދެއެވެ. ރެދަނުގެ ހިތްގައިމު މަންޒަރުތައް އެންމެ ރީއްޗަށް ފެންނާނީ ރ.ވާދޫ އިން ކަން ގައިމެވެ.
ހަަ އަސުުލު ވެސް އާލިމް ތި ބުނީ ހަަމަ ތެދެއް ރ ވާދޫ އަކީ ހަަަަމަ “ދި އައިލެންޑް ވިތް ސީ އޮފް ސްޓާރސް” ހަމަ ރެދަން ލުމުގަ އެރަށުގައި ރެދަން ލާ މަންޒަރަކީ ބަލާ ފުހި ނުވާ މަންޒަރެއް
ހުޅުމާލެ މާ ރަމގަޅު. މާ ދިގު ބީޗެއް