ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯ އަކަށް އިނގިރޭސިވިލާތުގެ މީހެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އާ ސީއީއޯއެއް އައްޔަން ކޮށްފިއެވެ.

Ads by STELCO

އެ އޮފީހުގެ ސީއީއޯއަކަށް އައްޔަން ކޮށްފައި ވަނީ އިންޝުއަރަންސާއި ޕެންޝަނާ ބެހޭ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޖޯން ގްރިންޑަލްއެވެ. ޕެންޝަން އޮފީހުން ބުނީ އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތް ކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.

އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ޖޯން މީގެ ކުރިން މަސައްކަތް ކުރެއްވީ ލޮޔަޑް ބޭންކިން ގްރޫޕުގައެވެ. އަދި އޭނާއަކީ ޕެންޝަން ފަންޑުން އިންވެސްޓްމަންޓް ހޯދުމައި މި ދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ވެސް ފުރުއްވާފައެވެ.

ޕެންޝަން އޮފީހަކީ 2009 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީސް އުފެއްދެވުމަށްފަހު 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެތަނުގެ އެކްޓިންގް ސީއީއޯއަކަށް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައި ވަނީ ފަރީހާ ޝަރީފެވެ.

އެ އޮފީހުގެ ފުރަތަމަ ސީއީއޯއެއްގެ ގޮތުގައި އައްޔަން ކުރެއްވީ ގިނަ އަހަރުތަކެއް ވަންދެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ހުސައިން މަނިކެވެ. ދެހާސް ނުވަވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާރާ ހަމައަށް ވެސް އެ މަގާމުގައި ހުންނެވީ މަނިކެވެ.

Ads by Ooredoo
  1. އަލީ

    ކުރާނެކަމެއްނެތްތާ ޑޮލަރެއް 20 އަރަނީ ގައުމު ދަރާ ސަލާމަތްވާންނެއް ލައްކައިން ޑޮލަރު ބޭރަށްދާ އުސޫލު ، ހުޅުލޭ އެއަރ ޕޯރޓް ގެ ވެރިއަކަށްވެސް އިނގިރޭސިވިލާތުގެ މީހެއް ، ބެންކު ވެރިއަށްވެސް ، ރައިސް ކަމަށްވެސް އިނގިރޭސިވިލާތުގެ މީހެއް ލާނެކަމަށް ފެންނަނީ…