ޚަބަރު

ރައީސްގެ އަމާޒުހުރީ ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދައި ބައިބައި ކުރަން: ސައީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒުހުރީ ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަައި ބައިބައި ކުރަން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސައީދު މިހެން ވިދާޅުވެފައި ވަނީ ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެެވެ.

ރާއްޖަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހާލަތުން އަރައިގަތީ އެންމެން އެކުގައި ކަމަށާއި އެ ދުވަހަކީ ބިރުވެރި ދުވަހެއް ކަމަށް ޓްވީޓުގައި ވެއެވެ. އެހެން ނަމަވެސް މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒު ހުރީ ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

"ހިތާމައަކީ 16 އަހަރަށް ފަހު މިގައުމުގެ ރައީސް( ރައްޔިތުން އެއްބައިވަންތަ ކުރުމަށް) ވިސްނުނު އެންމެ މޮޅު އުކުޅަކީ، 1953 އާ ހަމައަށް އަތްފުނާ އަޅައި ފަރުދުންގެ މައްސަލަތައް އުފަންކޮށް ނަފްރަތާއި ރުޅިވެރިކަމުން ބައިބައިކުރުން." ސައީދު ވިދާޅުވިއެވެ.

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑަށް ސުނާމީ އަރާ އޭގެ އަސަރު ރާއްޖެއަށް ވެސް ކުރި ކާރިސާ އަށް މިއަދު މިވަނީ 16 އަހަރު ވެފައެވެ. ސުނާމީ ކާރިސާގެ ސަބަބުން ސަރުކާރުންނާއި އާއްމު ރައްޔިތުން ވެސް ދެއްކި އެއްބާރުލުމާއި ދެއްވި އެހީތެރިކަމުގެ ސަބަބުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ "ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް"ގެ ގޮތުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!