ޚަބަރު

ކޮވިޑް-19: ދިގުރަށުން ފަތުރުވެރިއަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދ. ދިގުރަށުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

އެރަށުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވެފައިވާކަން، އެރަށު ކައުންސިލު އިދާރާއިން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެނގިފައިވާ ގޮތުގައި އެރަށުން ކޮވިޑަށް ފައްސި ވެފައި ވަނީ ޗުއްޓީ ހޭދަ ކުރަން ދިޔަ ދެ ފިރިހެނުން ގެ ތެރެއިން އެކަކެވެ. އެމީހުން ކޮވިޑަށް ފައްސި ކަން އެނގިފައިވަނީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު، ފުރުމަށްޓަކައި މީގެ ދެ ދުވަހެއް ކުރިން ހެދި ޕީސީއާރު ޓެސްޓުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދިގުރަށު ކައުންސިލުން ބުނެފައި ވަނީ އެ ދެ ފަތުރުވެރިން ވެސް މިހާރު އެކަހެރި ކޮށްފައިވާ ކަމަށާއި ފަތުރުވެރިއަކު ފައްސި ވުމާ ގުޅިގެން އެމީހާއާ އެރަށުން ކޮންޓެކްޓް ވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިކޯޑު ތަކަށް ބަލާއިރު މިއީ ދިގުރަށުން ކޮވިޑް-19 އަށް ފައްސިވީ ފުރަތަމަ މީހާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!