Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެކުނުގައި މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް ބާރުބޮޑުވެއްޖެ

ދެކުނުގައި މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް ބާރުބޮޑުވެއްޖެ

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މަސްވެރިކަން ބޮޑުތަނުން ރަނގަޅުވެ، ގއ ކޫއްޑޫ އަށް ބާރުބޮޑުވެއްޖެ އެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ރީޖަނަލް މެނޭޖަރު އަހުމަދު ރީހާން "ދެން" އަށް މިއަދު ވިދާޅުވީ މި ދުވަސްކޮޅު މިފްކޯއަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 400-300 ޓަނުގެ މަސް ކިރުވާ ކަމަށެވެ.

ހުސްވި ހަފްތާގައި އެންމެ ގިނައިން މަސްބޭނީ ގެމަނަފުށީ މަރުހަބާ ދޯނިންނެވެ. އެ ދޯނިން 40 ޓަނުގެ މަސް ބޭނި އެވެ.

Advertisement
Allied — Dhen Online (box)

ކޫއްޑޫ އަށް 4 ޕޮއިންޓަކުން މަސްކިރަ އެވެ. މަސް ބާނާ އަދަދު ގިނަވުމުން މަސްކިރާ ކިޔޫވެސް އުޅެނީ ވަރަށް ބާރުބޮޑު ކަމަށް ރީހާން ވިދާޅުވި އެވެ.

<strong>"އޮންނަ އުސޫލުން މަސްކިރަމުންދާނެ، ދުވާލަކު އެބަ ވަދޭ 50-40 ދޯނި، މެނޭޖް ކުރެވޭ" </strong>ރީހާން ވިދާޅުވި އެވެ.

[caption id="attachment_266066" align="alignnone" width="690"]<img class="size-large wp-image-266066" src="https://cdn.dhen.mv/wp-content/uploads/2025/01/WhatsApp-Image-2025-01-22-at-08.32.07_90bff5e7-1-1024x683.jpg" alt="" width="690" height="460" /> ކޫއްޑޫ ބަނދަރުގައި މަސް ދޯނިތަކެއް/ ފޮޓޯ: މިފްކޯ[/caption]

އައިސް ލިބުމުގައި ދަތިތަކެއް އޮތަތީވެ، އެކަމުގެ ކަންބޮޑުވުން ކޫއްޑޫއަށް މަސްކިރާ ދޯނިތަކުން ވަނީ މި ނޫހާ ހިއްސާކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުން ބޭނުންވާ ވަރަށް އައިސް އެއް ނުލިބެ އެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ދެކުނުގެ މަސްވެރިޔަކު ބުންޏެވެ.

https://twitter.com/MFORmv/status/1881979172651962606

ރީހާން ވިދާޅުވި އެކަން އެހެންވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

<strong>"...އިންޖީނުގެ ޓީމުން މެދުނުކެނޑި މަސައްކަތްކޮށް މިހާރު އެކަންތައް (އައިސް ލިބުން) ހައްލުކޮށްފައިވާނީ. ގައްދޫ ޕްލާންޓުވެސް މިއަދު ހިންގޭވަރުކުރެވޭނެ"</strong> އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުގައި މަސްވެރިކަން ތިޔާގި މި ދުވަސްތަކުގައި މަސްވެރިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް