ޚަބަރު

މިލަންދޫ މޫދަށް ދިޔަ އަންހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ށ މިލަންދޫގެ މޫދަށް އެރި އުޅުނު އަންހެނެއް ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

Ads by MWSC

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުالله ފާއިޒު “ދެން” އާ ހިއްސާ ކޮށްފައިވާ ގޮތުގައި މި އަންހެން މީހާ މަރުވެފައި ވަނީ ގާތްގަނޑަކަށް 14:45 ހާއިރު ކަމަށެވެ. އަދި މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ވެސް ފާއިޒު ވަނީ ވިދާޅުވެފައެވެ.

ފާއިޒު ވިދާޅުވި ގޮތުގައި، މި އަންހެން މީހާއަކީ ދޭތެރެ ދޭތެރެއިން މަންމަ ގޮވައިގެން މޫދަށް ދާ އަންހެނެއް ކަމަށާއި، އެގޮތުގެ މަތިން މިއަދު ވެސް މަންމަ ގޮވައިގެން މޫދަށް ގޮސް ގެއަށް ދާން ސައިކަލާ ދިމާލަށް ގޮސް ސައިކަލު ކައިރީގައި މަޑުކުރުމަށް ފަހު ހޮޑުލީ ކަމަށެވެ. އަދި އެހިސާބުން އެ އަންހެން މީހާ ހޭނެތުނު ކަމަށް ވެސް ފާއިޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި އަންހެން މީހާއަކީ ދާއިމީ ބައްޔަކަށް ބޭސް ކާ އަންހެނެއް ނޫން ކަމަށާއި، ރޭގައި ވެސް އެ އަންހެން މީހާގެ ރައްޓެހިންނާއެކު ކޮފީއަށް އަރައި އުޅުނު ކަމަށް ވެސް ފާއިޒު ވިދާޅުވިއެވެ.

މި އަންހެން މީހާގެ އުމުރު ކަށަވަރު ވެފައި ނުވާއިރު ފާއިޒު ބުނެފައިވާ ގޮތުގައި އެ އަންހެން މީހާއަށް ގާތްގަނޑަކަށް ވާނީ 33 އަހަރު ކަމަށެވެ.

ނިޔާވި އަންހެން މީހާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ޢިޝާ ނަމާދަށް ފަހުގައި މިލަންދޫ ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!