ޚަބަރު

ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީއަށް އެދިއްޖެއެވެ.

Ads by MWSC

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ، ގދ. ގައްދޫ،ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (40އ) އާއި ށ.މަރޮށި، ޖޭމުގެ، މުޙައްމަދު ޝުކުރީ ޙުސައިން (54އ) އެވެ.

މުޙައްމަދު ޢަރީފް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ޑިސެންބަރު 30ވަނަ ދުވަހުގެ 13:00އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މުޙައްމަދު ޝުކުރީ ޙުސައިން ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ޑިސެންބަރު 30ވަނަ ދުވަހުގެ 13:15އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ، މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!