ބޮލީވުޑުގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ އައު އަހަރު ފާހަގަ ކުރުމަށް ރާއްޖެ އައިސްފިއެވެ.
މިއީ މި ދެ ތަރިން މިއަހަރު ތެރޭގައި ރާއްޖެ އައި ދެވަނަ ފަހަރެވެ. މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ދިވާލީ ވެސް ދިޝާ އާއި ޓައިގާ ފާހަގަކުރީ ރާއްޖޭގައެވެ.
ދިޝާ ވަނީ ރާއްޖޭގެ ބައެއް މަންޒަރުތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީތަކުގައި ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގެ ދޮންވެލި އަތިރިމަތިތަކުގެ އިތުރުން ދިވެހިންގެ ސަގާފީ ބައެއް ކަންކަން ވެސް ދިޝާ ހިއްސާ ކޮށްފައި ވެއެވެ.
ޓައިގާ ވެސް ވަނީ ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
Ads by Allied Insurance