ރިޕޯޓް

ފެރީގެ ޚިދުމަތް ދިނުމަށް ދިން ދެރަށުގައި ރިސޯޓް ހަދައި މުއްސަނދި ވާއިރު ޚިދުމަތް ދެނީ އެމްޓީސީސީ އިން

  • ވާމިލިއަން އިން ހިންގާ ފެރީގެ ނިޒާމެއް ނެތެވެ. ރައްޔިތުންގެ 2 ރަށް ބީލަމެއް ނެތި ފެރީގެ ޚިދުމަތް ދޭނެކަމަށް ބުނެ ހޯދި  އިރު ރައީސް ޔާމީންގެ ވެރިކަމުގެ މެދެއްހާ ހިސާބުން މެދު ކެނޑެން ފެށިކަމަށް ދ.އަތޮޅު ގެ ރައްޔިތުން ވަނީ މި ނޫހަށް މައުލޫމާތު ދީފައެވެ. އަދި 2019 ވަނަ އަހަރުގެ ރޯދަ މަހުގެ މެދުތެރެއިން ފެށިގެން އެއްކޮށް ހުއްޓާލާ އެކަން ސަރުކާރަށްވެސް ވަނީ އަންގާފައެވެ.
ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި އޭރުގައި ގެންގުޅުނު އެއް ސިޔާސަތަކީ، ރަށު ބަންދުން ރައްޔިތުން ވީއްލުމުގެ ގޮތުން، އަގު ހެޔޮ ފެރީގެ ނިޒާމެއް ގާއިމުކުރުމެވެ. އެގޮތުން އެކި ޕްރޮވިންސް ތަކަށް ފެރީގެ ޚިދުމަތް ދިނުމަށް އެކިއެކި ނަންނަމުގައި ކުންފުނިތައް ހަދާ އެ ކުންފުނިތަކާ ފެރީގެ ނިޒާމު ހިންގުމަށް ހަވާލުކުރިއެވެ. އޭރުގެ ސަރުކާރުގެ ސިޔާސަތަކީ އަގު ހެޔޮ ފެރީގެ ނިޒާމެއް ހިންގުން ކަމަށް ވާތީވެ، އަގު ހެޔޮކޮށް ފެރީ ހިންގުމަށް ޝަރުތުކޮށް ރިސޯޓް ތަރައްޤީ ކުރާނޭ ރަށެއް ނުވަތަ ދެ ރަށް އެ ކުންފުނިތަކަށް ހިބަ ކޮށްދިނީއެވެ.

Ads by STELCO

ވާމިލިއަންއިން ކުރިން ފެރީގެ ޚިދުމަތް ދިން އިރުގެ ފޮޓޯއެއް

އެގޮތުން، މ އަތޮޅާއި، ފ އަދި ދ އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކުރީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މިހާރުގެ ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމު (ދޮންބިލެތް) ގެ ވާމިލިއަން ކުންފުންޏާއެވެ. ސިޔާސަތާ އެއްގޮތަށް ރިސޯޓް ތަރައްގީ ކުރުމަށް 2 ރަށް އެ ކުންފުންޏަށް ހިބަ ކޮށްލިއެވެ. ބީލަމެއް އުސޫލެއް ހަމައެއް ނެތިއެވެ. ރައްޔިތުންގެ ކުންފުނި އެމްޓީސީސީއިން ވެސް އެކަމަށް އެދިއެދި އޮއްވާ އަމިއްލަ ކުންފުންޏަކަށް އެ 3 އަތޮޅުގެ ފެރީގެ ޚިދުމަތް ދިނުމަށް ކަމަށް ބުނެ 2 ރަށެއް ދޫކޮށްލީއެވެ.

އެ ދެ ރަށަކީ ދ.ދޫރެސް އަދި ދ.ވޮއްމުއްޔެވެ. އޭގެ ތެރެއިން އެއް ރަށް ވިއްކާލީއެވެ. 2 ރަށުގައި ރިސޯޓް ހަދާ ތަރައްގީކޮށް ނިންމައި، އެ ތަނުގެ ފައިދާ ލިބެމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެގޮތުން ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓުން ބަޔަކު މަހުޖަނުންނަށް ވެ ނިމިއްޖެއެވެ. ޑޮލަރުތައް ޖީބުތައްް ފުރާ ނިންމަނީއެވެ.

އާވީ ރިސޯޓް

ވާމިލިއަންއަށް ރިސޯޓް ހިންގުމަށް ދިން ރަށްތަކުގެ ތެރެއިން އެއް ރަށް ވިއްކާލާފައިވާ އިރުގައި ދެވަނަ ރަށްވެސް މިހާރު ހިންގަނީ ދޫރެސް ރީޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުންނެވެ. ވާމިލިއަންއަކީ އެ ކުންފުނީގެ ޝެއަރ ހޯލްޑަރ އެކެވެ. ކުންފުނީގެ ޝެއަރ ހޯލްޑަރެއްގެ ގޮތުގައި މިވަގުތު ބިޒްނަސް ޕޯޓަލްއިން ދައްކާގޮތުގައި ދޮންބިލެތް އަޙްމަދު ހަލީމެއް ނުހިމެނެއެވެ. ނަމަވެސް ވާމިލިއަން ކުންފުންޏަކީ ދޮންބިލެތްގެ މަސްލަޙަތު އޮންނަ ކުންފުންޏެއްކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ވާމިލިއަން އިން ހިންގާ ފެރީގެ ނިޒާމެއް ނެތެވެ. ރައްޔިތުންގެ 2 ރަށް ބީލަމެއް ނެތި ފެރީގެ ޚިދުމަތް ދޭނެކަމަށް ބުނެ ހޯދިއިރު ރައީސް ޔާމީންގެ ވެރިކަމުގެ މެދެއްހާ ހިސާބުން މެދު ކެނޑެން ފެށިކަމަށް ދ.އަތޮޅު ގެ ރައްޔިތުން ވަނީ މި ނޫހަށް މައުލޫމާތު ދީފައެވެ. އަދި 2019 ވަނަ އަހަރުގެ ރޯދަ މަހުގެ މެދުތެރެއިން ފެށިގެން އެއްކޮށް ހުއްޓާލާ އެކަން ސަރުކާރަށް ވެސް ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން އޭރުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އަދި އަދަށް ދާންދެން ވެސް އެކަމުގައި އެޅި ފިޔަވަޅެއް އަޅާނެ ފިޔަވަޅެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީގެ ފެރީއެއް

"ކޮބައިތޯ ފ އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތަކަށް ކުރީގެ ރައީސް ނަޝީދު ދިން ރަށްތައް؟ އެރަށްތައް އަނބުރާ އަތުނުލާ އެމްޓީސީސީގެ ބޮލަށް ފެރީ ޖެހީމާ، ރަށްނެގި މީހުން އެތިބީ ޖީބަށް ޑޮލަރު ޖަހާލަ ޖަހާލަ. މީ ކިހާސަޅި އިންސާފެއް. ކޮރަޕްޝަނާ ދެކޮޅަށް ހެދި ސަރުކާރު ފެއިލް" އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ކޮމެންޓެއް

އޭރުގައި އެމްޓީސީސީ ފަދަ ކުންފުނިތައް ހުއްޓާ ގާތް އެކުވެރިންގެ ކުންފުނިތަކާ ހަވާލުކުރީއެވެ. އެމްޓީސީސީގެ މައްޗަށް ވާމިލިއަން ގަދަވެ ފެރީގެ ނިޒާމު ހިންގާނެކަމަށް ބުނެ 2 ރަށް ހޯދިއެވެ.

ދެ ރަށް ރިސޯޓަކަށް ބަދަލުވެ އޯނަރު މަހުޖަނަކަށް ވަނީއެވެ. އާޚިރުގައި ފެރީ ހިންގަން ޖެހުނީ އެމްޓީސީސީއާއެވެ.

 

 

ނޯޓް: މި ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތަކީ ރާއްޖޭގެ އެކި ނޫސްތަކުން ހޯދާފައިވާ މައުލޫމާތެވެ.

Ads by HDC
  1. މީނާ

    ޜަށްތައް ސަރުކަަރަށް ނަގާ ޖޫރިމަނާ ކުރަންވީ

  2. ީޙީއްސާ

    ނިކަން ބަލާ ހުންނަ ހިޔަޅުކަން މީނަގެ އޮޑިފަހަރު އަޅަން ދ.ރިނބިދޫގަ ހެދި ބަނދަރެއް. އެޚަރަދު ނުކޮށް ރިނބިދޫ މީހުން ކުޑަހުވަދޫއަށް ބަދަލުކުރިނަމަ ދައުލަތަށް ވަރަށް ލުއިވީސް

  3. ކިނބޫ

    ތީ ބޮޑު ވަގެއް.

  4. މުހައްމަދު

    ތިކުންފުންޏަށް ނޫންތަ ސޯލިހުގެ ސަރުކާރުން އެންމެފުރަތަމަ އެތައް މިލިޔަނެއްގެ ބަދަލު ދިނީ.