ދުނިޔެ

ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަޕޯލް އެރެސްޓް ވޯރަންޓެއް ނެރެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރަން އީރާނުގެ ފަރާތުން އިންޓަޕޯލް އެރެސްޓް ވޯރަންޓެއް ނެރެފިއެވެ.

Ads by Sosun Fihaara

އީރާނުގެ ސަރުކާރުން ވަނީ ޓްރަމްޕާއި އިތުރު 47 އެމެރިކަން އޮފިޝަލަކު ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އީރާނުން ޓްރަމްޕް ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރެފައި މިވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ދިން ހަމަލާއެއްގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ މޭޖަރ ޖެނެރަލް ޤާސިމް ސުލެއިމާނީ ޝަހީދު ކޮށްލި މައްސަލައިގައެވެ،

"އެހަމަލާ ދިނުމަށް އަމުރުކޮށް، އެކަމުގެ ފަހަތުގައި ތިބި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އީރާނުން ވަރަށް ސީރިއަސްކޮށް ވަނީ ވިސްނާފަ" އަލްޖަޒީރާއަށް ދެއްވި އިންޓަވިއު އެއްގައި އިރާންގެ ޖުޑިޝަރީ ގެ ތަރުޖަމާނު ގުލާމް ހުސައިން އިސްމާއިލީ ވިދާޅުވެފައިވެއެވެ.

އީރާނުގެ ވެރިރަށް ތެހްރާންގެ ޕްރޮސެކިއުޓާ އަލީ އަލްޤާސީމެހްރް، މީގެ ކުރިން ވެސް ވަނީ އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައެވެ. ނަމަވެސް އެއެންގުމަށް އެއިރު އިންޓަލޯލުން އެކަމަށް އެއްބަސް ވެފައެއް ނުވެއެވެ.

އިންޓަޕޯލުން އެއިރު ބުނެފައި ވަނީ އެތަނުގެ ކޮންސްޓިޓިއުޝަނުން އެކަން މަނާ ކުރާ ކަމަށެވެ.

ޓްރަމްޕްގެ ރައީސްކަން މިމަހުގެ 20 ވަނަ ދުވަހު ހަމަވާއިރު، އީރާނުން އުންމީދު ކުރަނީ، އެއަށްފަހު އޭނާއާމެދު ފިޔަވަޅެއް އެޅުމަށް ދެން ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!