ނާސާ އިން ދައްކާލި މި ފޮޓޯއިން އާދަޔާ ޚިލާފުކަމެއް ފާހަގަވޭތަ؟
ނާސާއިން އާންމުކޮށްފައިވާ މި ފޮޓޯއިން ތިބާއަށް ތަފާތު މަންޒަރެއް ސިފަވޭ ހެއްޔެވެ؟ ބޭރުގެ ނޫހެއް ކަމަށްވާ “އެންޑީޓީވީ” އިން މައުލޫމާތު ދީފައިވާ ގޮތުގައި، 2009 ގައި ހިއްސާ ކުރި މި ފޮޓޯއިން ބައެއް މީހުންނަށް އަތް ތިލައެއް ސިފަވާ ކަމަށާއި އަނެއް ބައި މީހުންނަށް މޫނެއް ސިފަވާ ކަމަށެވެ.
މިކަމާ ގުޅިގެން ނާސާއިން ވަނީ މި ފޮޓޯ އާންމުކޮށް ގިނަ ބައެއްގެ ފަރާތުން އެމީހުންނަށް މި ފޮޓޯއިން ސިފަ ވަނީ ކޮން އެއްޗެއްތޯ ސުވާލު ކޮށްފައެވެ. އެގޮތުން ފޮޓޯގައި އެވަނީ ގިނަ އަދަދެއްގެ “ނިއުޓްރޯން ސްޓާރ” ތަކެއް އެއްވެފައިވާ މަންޒަރު ކަމަށް ވެސް ބުނެފައި ވެއެވެ.
ނާސާގެ “ޗަންދުރާ އެކްސްރޭ އޮބްޒާވޭޓަރީ” އިން ހިއްސާކުރި މި ފޮޓޯ ބަލާލަން ވަރަށް ވެސް ހިތްގައިމެވެ. އަދި މި ފޮޓޯއަކީ 2009 ވަނަ އަހަރު ނަގާފައިވާ ފޮޓޯއަކަށް ވީނަމަވެސް އާންމުންގެ ތެރޭގައި މި ފޮޓޯ އާންމު ވެފައި ވަނީ ދާދި ފަހުންނެވެ.
ސޯޝަލް މީޑިއާގެ އެކި މަންސަތަކުން މި ފޮޓޯ ދައުރުވަމުން ދާއިރު އެއްބަޔަކު ބުނަމުން ދަނީ މޫނެއް ފެންނަ ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުން ދަނީ އަތްތިލައެއް ފެންނަ ކަމަށެވެ. ހަމައެއާއެކު ބައެއް މީހުންނަށް މޫނަކާއި އަތްތިލަ އެއްކޮށް ފެންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
ނާސާއިން ވަނީ އެފޮޓޯއިން ފެންނަނީ މޫނެއް ކަމެއް ނުވަތަ އަތްތިލައެއް ކަމެއް ފާހަގަކުރަން ނޭނގޭކަމަށް ބުނެފައެވެ.
މަށަށް އެބަ ފެނޭ ޑްރެގަން އެއް. ހޫ އެލްސް؟